asr namaadhuge sunnai

ޢަސްރު ނަމާދުގެ ކުރީ ސުންނަތުގެ 4 ރަކުޢަތުގެ މާތްކަމުގެ ހަދީޘަކީ ޞައްޙަ ހަދީޘެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : ”އަޞްރު ނަމާދު ވަޤުތު ވަނުމަށްފަހު ކުރުމަށް ވާރިދުވެގެންވާ ސުންނަތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ސުނަނުގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. (رَحِمَ اللهُ امرأً صلَّى قبلَ العصرِ أربعًا) صحيح الترمذي 430. ”ޢަޞްރު ނަމާދުގެ ކުރިއަށް 4 ރަކުޢަތް ކޮށްފި މީހާއަށް ﷲ ރަޙްމަތްލައްވަތެވެ.“

މި ޙަދީޘް ޞައްޙަވުމާއި، ޘާބިތު ނުވުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ބަސްފުޅުތައްވެ އެވެ. އެހެނަސް و الله أعلم ޙަދީޘަކީ ދަލީލުކުރެވޭ ވަރަށް އުފުލިފައިވާ ޙަދީޘެކެވެ.

الإمام ابن القيم رحمه الله (މި ޙަދީޘްގެ މައްޗަށް ވިދާޅުވެފައިވެ އެވެ.) ”މި ޙަދީޘްގެ މައްޗަށް ޢިލްމުވެރިން ޚިލާފްވަޑައިގަންނަވާފައިވެ އެވެ. ފަހެ، ابن حِبَّان ޙަދީޘް ޞައްޙަ ކުރެއްވި އެވެ. އަދި އެހެން ބޭފުޅުން އޭގައި (ބަލިކަށި) ސަބަބު ތަކެއް ވާކަމަށް ވިދާޅުވެފައިވެ އެވެ.“ زاد 1/301

މިޙަދީޘްގެ މައްޗަށް الإمام الألبانِي رحمه الله ޙަސަން އިސްނާދެއް ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.

الشيخ ابن باز رحمه الله ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘް أحمد އަދި الترمذي އަދި ޢިލްމުވެރިންގެ ޖަމާޢަތެއް ޞައްްޙަ ސަނަދެއްގައި ރިވާކުރެއްވި އެވެ.“ فتاوى نور على الدرب (10/291)

އެހެން ވުމުން އަޞްރު ނަމާދުގެ ކުރިއަށް މި 4 ރަކުޢަތް ވާރިދުވެފައިވެ އެވެ. އެހެނަސް މިއީ ރަވާތިބު ސުންނަތް ތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ރަކުޢަތްތަކެއް ނޫންކަންވެސް ހަނދާންކޮށްލަދެމެވެ. ފަހެ، އެހިނދު މުޥައްކަދާ ސުންނަތެއް ނޫން ގޮތުގައިވާ މުޞްތަޙައްބު ނަމާދެއްގެ ގޮތުގައިވެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީގެ ފަތުވާގައިވެ އެވެ. ”ޢަޞްރު ނަމާދުގެ ކުރިއަށް 4 ރަކުޢަތް ކުރުމުގައި މައްސަލައެއް ނެތެވެ. އަދި ކިޔެއްތަ! އެއީ މުސްޠަޙައްބުވެގެންވެ އެވެ، ސަބަބަކީ އެކަން ނަބިއްޔާ ﷺ ގެ އަހިރުން ޘާބިތުވެގެންވުމެވެ…“ فتاوى اللجنة 6/123

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts