މުސްލިމުންނަށް ނަޞްރުވެރިވުމަށް ބުނެ ހިގާލުންތައް ބޭއްވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަންނަ އެވެ! މާޒީގައިވެސް އަދި މުސްތަޤްބަލްގައިވެސް އަދި މިއަދުވެސް މުސްލިމުން ބަލިކަށިވެ، މުސްލިމުންގެ މައްޗަށް ކާފަރުން އަތްގަދަ ކޮށްފައި ވުމުގެ ސަބަބަކީ، މުސްލިމުން އެބައިމީހުންގެ ދީނާއި އެބައިމީހުންގެ ރަސޫލާއަށް صلى الله عليه وسلم-   އަށް ކިޔަންތެރިކަން އަދާކުރުމުގައި ފަރުވާކުޑަ ކޮށްފައިވުމެވެ 

ޙަޤީޤީ ސަބަބަކީ މި އެވެ.     

ގެ ވަޙީބަސްފުޅު  ޛިކުރު ކުރައްވައި الإِمَامُ ابنُ القَيِّمِ -رحمه الله-  ވިދާޅުވެފައިވެ އެވެ.   (فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا)  [النساء: 59] 

ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން، އަށާއި އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑެވެ.“  

 الإِمَامُ ابنُ القَيِّمِ -رحمه الله-  ވިދާޅުވެފައިވެ އެވެ.  ”މިއާޔަތުން ދަލީލު ކުރެވެނީ ހަމަކަށަވަރުން އަށް ކިޔަމަންވުމާއި، ރަސޫލާصلى الله عليه وسلم-  އަށް ކިޔަމަންވެ އަދި އޭގެ މައްޗަށް ހުރިހާ ކަމެއް ޙައްލުކުރުން ވެގެންވަނީ ދުނިޔޭގައި އަދި އާޚިރަތުގެ އެންމެހައި ބާއްޖަވެރިކަން ލިއްބައިދޭ ސަބަބުކަމުގައެވެ 

މި ޢާލަމުގެ މައްޗަށް ވިސްނައި ފިކުރުކޮށްލި ކޮންމެ މީހަކަށް މިދުނިޔެމަތީގައި ހިނގަމުންދާ އެންމެހައި ނުބައި ކަންކަމަކީ އަދި ހަމަކަށަވަރުން މިޢާލަމުގައިވާ އެންމެހައި ނުބައި ކަންތަކުގެ ސަބަބަކީ  رَسُوْلُ اللهِ -صلى الله عليه وسلم-  އަށް މީސްތަކުން ކިޔަމަން ނުވުމެވެ 

އަދި ކިޔަމަންގަތުމުން ބޭރުވުމެވެ. މި ދުނިޔެމަތީގައިވާ އެންމެހައި ހެޔޮކަންތައް މެދުވެރިވުމުގެ ސަބަބަކީ ނަބިއްޔާصلى الله عليه وسلم-   އަށް ކިޔަމަންގަތުމެވެ. އަދި ހަމައެފަދައިން އާޚިރަތުގެ އެންމެހައި ނުބައިކަންތަކާއި ވޭނާއި، ޢަޒާބު ލިބިދޭނީ ހަމަކަށަވަރުން ނަބިއްޔާصلى الله عليه وسلم-   އަށް އުރެދުމުގެ ނުބައިކަމުގެ ސަބަބުންނެވެ. 

رَسُوْلُ اللهِ ޚިލާފްވެގަތުމުން ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައިކަންތައް މީސްތަކުންގެ މައްޗަށް އައެވެ. 

ފަހެ، މީސްތަކުން رَسُوْلُ اللهِ -صلى الله عليه وسلم- އަށް ޙައްޤުގޮތުގައި ކިޔަމަންވާނަމަ، މި ބިންމަތީގައި އެއްގޮތަކަށް ވެސް ނުބައިކަމެއް ނުއޮންނާނެ އެވެ. މިކަން ބިންމަތީގައި ޢާންމުކޮށް މެދުވެރިވާ ނުބައި ކަންތަކުންނާއި، މުޞީބާތްތަކުން އެނގިގެން ދެއެވެ 

އަދި ހަމަ އެފަދައިން އަޅާއަށް އޭނާގެ އަމިއްލަ ނަފްސަށް މެދުވެރިވާ އެންމެހައި ނުބައި ކަންތަކާއި، ވޭނާއި، ހިތްނުތަނަވަސްކަން މެދުވެރިވާ ސަބަބަކީ ވެސް ހަމަކަށަވަރުން رَسُوْلُ اللهِ -صلى الله عليه وسلم-  އަށް ކިޔަމަން ނުވުމެވެ. އަދި އެ ނަބިއްޔާصلى الله عليه وسلمއަށް ކިޔަމަންވުމަކީ ކިއްލާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާއަށް އަމާންކަން ލިއްބައިދޭ ސަބަބެއް ކަމުގައި ވެދެއެވެ 

އަދި އެއީ އެ ހޮހަޅައެއްގެ ތެރެއަށް ވަނުމުން އެމީހަކަށް ކާމިޔާބު ލިބިދެނިވި އެއްޗެއްކަމުގައިވެ އެވެ. އެހެން ވުމުން އެނގިގެންދަނީ ދުނިޔޭގެ އެންމެހައި ނުބައި ކަންތަކާއި، އާޚިރަތުގެ އެންމެހައި ނުބައިކަންތައް މެދުވެރިވާ ސަބަބެއް ކަމުގައި ވަނީ ނަބިއްޔާصلى الله عليه وسلم-  ގެނެސްދެއްވި ކަންތަކުގެ މަތިން އިންސާނުން ޖާހިލު ކަމުގައި ވުމެވެ. އަދި އެކިޔަމަންގަތުމުން ބޭރުވުމެވެ 

މިއީ ހަމަ ޔަޤީނުންވެސް النَّبِيُّ -صلى الله عليه وسلم-  ގެނެސްދެއްވި އެންމެހައި ކަންތަކުގެ ޢިލްމު ހޯދައި އަދި އެއަށް ޢަމަލު ކުރުމުގައި ފުރިހަމައަށް ޤާއިމްވެ ހުރުމުން މެނުވީ  އެއްވެސް އަޅަކަށް ކާމިޔާބީއެއް، ސަލާމަތްތެރިކަމެއް ލިބިގެން ނުދާނެކަން އެއްވެސް ޝައްކަކާއި ވަހުމަކާ ނުލައި ބަޔާންވެ އެނގިގެންދާ ބުރުހާނެކެވެ.“             

ޙަޤީޤީ ސަބަބު މިއެވެ. އުއްމަތަށް ދިމާވެފައިވާ އެންމެހައި  ގިލަންވެރިކަމެއް އަދި  ހިތްދަތި ޙާލަތުން އަރައިގަތުމަށް އޮތް ސަބަބަކީ މި އެވެ.   

ދީނުގައިވާ އެންމެހައި ކަމެއްގައި  އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ އާއި ރަސޫލާ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި ދެމިހުރުމެވެ.   

އާއި ރަސޫލާގެ އެންގެވުންތަކާއި ދީނީ އެންމެހައި ކަންކަމެއް ނަފްސުގެ އެންމެހައި އެދުންތަކުގެ މައްޗަށް އިސްކުރުމެވެ.   

ނަޞްރު އެދޭ ކަމުގައިވާނަމަ ކޮންމެ ނަފްސެއް އިސްކުރުން އޮތީ މި އަޞްލާއި އަސާސްތަކެވެ.     

އާއެކެވެ! އަހަރުމެން ހުރިހައި މުސްލިމުން ވަނީ އަދީ ވާން ޖެހޭނީ ފަލަސްޠީނުގެ މުސްލިމުންނާއި އެކުގަ އެވެ. އެހެނަސް އެ ފަދައިން ދަޢުވާކޮށް،  ދެޖިންސު މައްސުނިވެ މަގުމަތީގައި ހިގާލުން ބޭއްވުން އެއީ އާއި ރަސޫލާ ލޯބިވެވޮޑި ގަންނަވާނެ ޢަމަލެއް ތޯ އެވެ؟ 

މަގުތަންމަތީގައި  އަޑު އުފުލައި،  ދީނުގައި ހުއްދަ އަދި ޙަލާލެއް ބެލުމެއްނެތް އެއްވެސް  ހިފެހެއްޓުމެއް ނެތް ގޮތުގައި  މުސްލިމުން  ޢަމަލު ކުރަމުންދާ މި ގޮތްތަކަކީ  ފަލަސްޠީނުގެ އަހުލުވެރިންނަށް ނަޞްރު ހޯދައި ދިނުން ކަމުގައިވާނެ ހެއްޔެވެ؟  

މުސްލިމުންނަށް ނަޞްރާއި އާރާއި ބާރު ހޯދުމަށްޓަކައި، ހިނގާލުންތައް، ޞުލްޙަވެރި ހިނގާލުންތައް ބޭއްވުމަކީ އެއީ ޝަރުޢީ ގޮތުން ނަޞްރު ލިބުމަށްޓަކައި، ނަޞްރު ހޯދުމަށްޓަކައި ކުރުމަށް އޮތް ޢަމަލެއް ހެއްޔެވެ؟ 

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العَلاَّمة ابن باز -رحمه الله-   ވިދާޅުވެފައިވެ އެވެ.   ”ފަހެ ނަބިއްޔާصلى الله عليه وسلم-   މައްކާގައި 13 އަހަރު ވަންދެން ދެމިހުންނެވި އެވެ. މުޒާހަރާއެއް ނުކުރައްވަ އެވެ. ސުލްޙަވެރި ހިނގާލުމެއް ނުބާއްވަ އެވެ. މީސްތަކުންގެ މުދަލަށް ގެއްލުންދީ އަދި ފާރަލައި ހީލަތްތެރި ގޮތުގައި މަރާލާނެކަމުގެ އިންޒާރުދީ ބިރުދައްކަވާ ނަހައްދަވަ އެވެ.“   مجلة البحوث الإسلامية (38/210) 

މުސްލިމުން ބަލިކަށިކަމުގައިވެ، މުސްލިމުންގެ މައްޗަށް ކާފަރުން އަތްގަދަކޮށް، މުސްލިމުންގެ ފުރާނައަށާއި، މުދަލަށާއި މުސްލިމުންގެ ގެދޮރަށް އަރައި އެތައް ނަފްސެއް ވަނީ މައްކާގެ ޢަހުދުގައި ޝަހީދުވެ ދުނިޔެ ދޫކުރައްވާފަ އެވެ 

މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކާއި އެކުގައި މުސްލިމުން އެބައިމީހުންގެ ގެދޮރުން ނުކުތުމަށް މަޖުބޫރުވި އެވެ 

ސުވާލެކެވެ! އެފަދަ ހިތްދަތި ހިތާމަވެރި ދަނޑިވަޅުގައި، އެ އިލާހުގެ ނަބިއްޔާއަށް އަމަލުފުޅު ކުރެއްވުމަށް އަންގަވާފައިވަނީ ކިހިނެތް ހެއްޔެވެ؟  

ގެ ނަބިއްޔާއަށް އަންގަވައިދެއްވީ ކޮން ކަމަކަށް ހެއްޔެވެ؟  

ޞުލްޙަވެރި ހިގާލުންތަކަށް ހެއްޔެވެ؟  މީސްތަކުން އެއްވެ އަޑު އުފުލުމަށް ޙެއްޔެވެ؟ 

އިސްލާމް ދީނަކީ ނުހަނު ރިވެތި ފުރިހަމަ އަދި ހެޔޮވެގެންވާ އުޞޫލްތަކާއި ޤަވާއިދުތަކާއި އަދި އިންތިޒާމް ތަކެއް ކަނޑައަޅުއްވާ ﷲ ބާވައިލައްވާފައިވާ ސަމަވީ ރިސާލަތެކެވެ.

ދީނުގައި އެންމެހައި ކަންތައްތަކެއްވެ އެވެ. އަމިއްލަ ފަރުދީ ޝަޚުޞިއްޔަތާއި ގުޅޭ ކަންތަކެވެ. ދޭދޭ ފަރުދުންގެ މެދުގައިވާ ކަންތައްތަކެވެ. މުޖުތަމުގެ ކަންތައްތަކެވެ. ކޮންމެ ބަޔަކަށްމެ އެބަޔަކާ ގުޅޭ ޙައްޤުތަކެވެ.

މިފަދަ ފުރިހަމަ ދީނެއްގެ ގޮތުގައިވާހިނދު، ނިޒާމެއްނެތި އެބަޔަކު ބޭނުންވާ ގޮތްތަކަށް ކަންތައްތައް ނިންމުމަށް ދީނުގައި ނުވެ އެވެ. އަދި ޚާއްޞަކޮށް ދީނުގައި ކަންކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް ދޫކޮށް ހުޅަގުގެ އަހުލުވެރިންގެ ސިފަތައް ހޯދުމަކީ ކޮންފަދަ ހިތާމަވެރި ޢަމަލެއް ހެއްޔެވެ؟

މިއަދު ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، العَلَّامَة الشَّيْخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.

ސުވާލު : އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަންތައް ޙައްލު ކުރުމައްޓަކައި މުޒާހަރާ ކުރުމަކީ ދަޢުވަތް ދިނުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯއެވެ؟

ޖަވާބު : އަހަރެމެންގެ ދީނަކީ ހަލަބޮލިކަމަށް އޮތް ދީނެއް ނޫނެވެ. އަހަރެމެންގެ ދީނަކީ ވަކިގޮތަކަށް ވަކި ނިޒާމަކުން، މަޑުމައިތިރި ކަމާއި، ހިތްތިރިކަމާއި އެކުގައި ޢަމަލުކުރުމަށް އޮތް ދީނެކެވެ. މުޒާހަރާ އަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. އަދި އެއީ މުސްލިމުން ދަންނަ އެއްޗެއްވެސް ނޫނެވެ. އިސްލާމް ދީނަކީ މަޑުމައިތިރި ކަމުގެ ދީނެކެވެ. ރަޙްމަތުގެ ދީނެކެވެ. ވަކި ނިޒާމެއްގައި ޤާއިމްވެފައިވާ ދީނެކެވެ. ހަލަބޮލިކަމާއި، އެކަކު އަނެކަކަށް އުނދަގޫ ކުރުމާއި ފިތުނަ އުފެއްދުމުގައި އޮތް ދީނެއް ނޫނެވެ. އިސްލާމްދީނަކީ މިއެވެ. ޙައްޤުތައް ހޯދައިދެވެނީ ޝަރުޢީގޮތުން ހޯދުމަށް އޮތްގޮތްތަކުންނެވެ. ޝަރުޢީގޮތުން އައިސްފައިވާ ގޮތްތަކުންނެވެ. ފަހެ، މުޒާހަރާ ތަކުން މީސްތަކުންގެ ލޭއޮހޮރުމާއި، މީސްތަކުން ގެ މުދާތައް ހަލާކުވެދިއުން ނޫންކަމެއް ނެތެވެ. މިއީ އެއްވެސް ގޮތެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ.

الفتاوى الشرعية في القضايا العصرية ص 140

އެހެނަސް ދީނުގައިވަނީ ވަކި އިންތިޒާމެއް، ވަކި ގޮތްތަކެއް ކަނޑައެޅިފަ އެވެ. ސުންނަތާއި ދީނަށް ލޯބިކުރާ މުސްލިމް އަޚުންނާއި އުޚްޠުންނަށް އާއި ރަސޫލާ ކަނޑައަޅައިދެއްވާފައިވާ މިންވަރު ފުދެ އެވެ. އަދި އެއީ ނަޞްރާއި ކާމިޔާބު ލިބުމަށް ފުދޭނެ މިންވަރު ކަމުގައިވެ އެވެ 

ނަޞްރު އެ ފަރާތެއްގެ އަތްޕުޅުގައި މިލްކުވެވޮޑިގެންވާ އިލާހުގެ އަމުރުފުޅުތަކުގައި ދެމިތިބުން އެބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ 

އަހަރެމެންގެ ޢަމަލަކީ އާއި ރަސޫލާ އެކަމަށް ލޯބިވޮޑިގަންނަވާނެ ޢަމަލެއްތޯ ސުވާލު ކުރަން ޖެހެ އެވެ. އެކަމަކީ ދީނުގައި މި ދަނޑިވަޅުގައި އެ އަހުލުވެރިންނަށް ހެޔޮ ފޯރުކޮށްދޭނެ ޢަމަލެއްތޯ ވިސްނަން ޖެހެ އެވެ. މިއަދުވެސް މި ޙާލަތް ދިމާވެފައިވަނީ، ދީން ދޫކޮށް ހަވާނަފްސާއި ކާފަރުންގެ އެކިއެކި ޢާދަތަކުގައި މުސްލިމުން ޖެހި ދީނާއި ބީޜަށްޓެހި ވުމުގެ ސަބަބެވެ. 

ހިނގާލުންތައް ބޭއްވުމަކީ އިސްލާމްދީނުގައި އޮތް ކަމެއް ނޫންކަން ބަޔާން ކުރުމަކީ ޔަހޫދީން ދެކެ ލޯބިވުމެއް ނޫނެވެ. އަހަރެމެންގެ ހިތުގައި މި އަނިޔާވެރި، ލާއިންސާނީ އަދި ޢަހުދު ތަކަށް ޣައްދާރުވުމުގެ ސިފަ ލިބިފައިވާ މީސްތަކުންނަށް ޙުރުމަތެއް ނުދޭ، ޔަހޫދީންގެ މައްޗަށް އޮތީ ނަފްރަތާއި ޢަދާވާތްތެރިކަމާއި ރުޅިވެރިކަމެވެ 

އެހެނަސް އެއީ އާއި ރަސޫލާގެ ހިދާޔަތް ދޫކޮށް، ދީނުގައި ނަޞްރު ހޯދުމަށް އޮތް ސަބަބުތައް ދޫކޮށް ކާފަރުންނާއި ދީނުގެ ޢަދުއްވުން ގެނެސްފައިވާ ވަޟުޢީ މަގުތައް ހޯދައި އެމަގުތަކުގައި ދެމިހުރުމަކީ ކާފަރުން ދެކެ ލޯބި ނުކުރުން ކަމުގައި ހަދައިގެން ނުވާނެ އެވެ 

މުސްލިމުންނަށް މިއަދު އޮތީ ދުޢާ ކޮށްދިނުމެވެ. މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ޔަހޫދީން ހަލާކުވެ ދިއުމަށް ދުޢާ ކުރުމެވެ. ޔަހޫދީންގެ މައްޗަށް މުސްލިމުންނަށް ގަދަކަން ދެއްވައި، ޔަހޫދީންގެ ރޭވުންތައް ބާޠިލް ކުރައްވައި ޔަހޫދީންގެ އަނިޔާތައް އެމީހުންގެ ކަރަށް އޮއްސާލެއްވުމަށް އެދި ދުޢާކޮށް ދިނުމެވެ 

ޔަހޫދީންގެ މައްޗަށް ގެ ލަޢުނަތާއި، އިހާނާތްތެރިކަމާއި އަދި ވޭންދެނިވި ޢަޛާބު ފާކުރެއްވުމެވެ 

މުސްލިމުންނަށް އޮތީ އެބައިމީހުންނަށް ކެރި ކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ކުރުމާއި، ދީލަތި އެހީތައް ފޯރު ކޮށްދިނުމެވެ 

އަޚާ އެވެ 

މިފަދަ ދަނޑިވަޅުތައް ދިމާވުމުން، މީސްތަކުން އެއްވުންތައް ބާއްވައި، މީސްތަކުން ކާފަރުން ހޯދާފައިވާ މަގުތަކާއި ކާފަރުންގެ ޢާދަތައް ދިރުވުމުން އެއީ ކާފަރުން އުފާކުރާނެ ކަންތައްތައް ކަމުގައިވެ އެވެ 

ވުމުން، ދީނުގައި އަންގަވާފައިވާ ޝަރުޢީ ޙުދޫދުގެ މިންގަނޑުތަކުގައި ދެމިހުރުން ދެދުނިޔޭގެ ހެވާއި ލާބައަށްޓަކައި ފުދޭ ކަމުގައި ދެކޭށެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply