އެއްޖިންސުން ގުޅުން ހިންގުމަށް ގޮވާލާ ބަޔަކާމެދު އަހަރެމެންގެ ޢަމަލުބަހައްޓަންއޮތީ ކިހިނެއްތޯއެވެ؟

 (LGBT) އެލް. ޖީ. ބީ. ޓީ. (އެލް : އަންހެނުން އަންހެނުންނާ އެއްޖިންސު ގުޅުން ހިންގުން،  ޖީ : ފިރިހެނުން ފިރިހެނުންނާ އެއްޖިންސު ގުޅުންހިންގުން،    ބީ : ދެޖިންސު މީހުންނާ ގުޅުންހިންގުން،  ޓީ : ޖިންސު ބަދަލުކުރާ މީހުން.)

الحمد لله، والصلاة والسلام على رسول الله r وعلى آله و صحبه أجمعين. و بعد:

ފާޙިޝް ކަމާއި، ޙަރާމް ޢަމަލުތަކަށް، އޭގެ އިންތިހާއަށް މުޑުދާރުވެގެންވާ ޢަމަލުތަކުގެ ޙައްޤުގައި ވަކާލާތުކުރުމުގަ އެވެ. މި ފާޙިޝް، ހުތުރުކަންބޮޑު، މުޑުދާރު، ނަޖިސް ޢަމަލުތަކަށް މިބައިގަނޑުތައް ދެވި ހިފައި، މުޖުތަމަޢުތަކާއި ޤައުމުތައް ފާޙިޝް ޢަމަލަަށް ގެންދިއުމަށް މި ނަފްސުތައް ދެވި ހިފާފައިވާވަރު މި މަންޒަރުތަކުން ފެނެ އެވެ.

މިއީ ޙަރާމް ތަކެއްޗެއް ގޮތުގައި ބަޔާން ކޮށްފައިވާ އިސްލާމް ދީނާއި، ޤުރުއާނާއި، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ރަސޫލާ ﷺ  އަކީ މިބައިމީހުން ޤަދަރުކުރާ ފަރާތެއް ކަމުގައިވާނެ ހެެއްޔެވެ؟

ކުފުރާއި ޝިރުކު އެ ނަފްސުގައި އެކަނި އޮތީއެއް ނޫނެވެ. އޭގެ އިތުރަށް ޙައްދުންނެއްޓިފައިވެ، އެއްޖިންސުން ގުޅުން ހިންގުމަށް ގޮވައި އެއަށް ވަކާލާތު ކުރުމުގަ އެވެ.

އެބައެއްގެ ޠަބީޢަތުގައި ލަދުޙަޔާތުގެ ކުޑަމިންވަރެއްއޮތް ނަފްސެއްވެސް މިފަދަ ނާތަހުޒީބީ، ވަލުޖަނަވާރުތައްވެސް ވެއްޓިގެންނުދާ ދަށުދަރަޖައިގެ ޢަމަލުތަކަށް ނުގޮވާނެ އެވެ.

މި މީސްތަކުންގެ މައްޗަށް މުސްލިމް އަޅާގެ ހިތުގައި އަދި ޢަމަލުގައި އޮންނަންޖެހޭނީ ނަފްރަތާއި ރުޅިވެރިކަމެވެ. އިސްލާމް ކަމުގެ ޙަޤީޤަތް ބަޔާން ކުރައްވާ الإمام شيخ الإسلام محمد بن عبد الوهاب رحمه الله ވިދާޅުވެފައިވެ އެވެ. “ وَهُوَ: الاسْتِسْلامُ للهِ بِالتَّوْحِيدِ، وَالانْقِيَادُ لَهُ بِالطَّاعَةِ، وَالْبَرَاءَةُ مِنَ الشِّرْكِ وَأَهْلِهِ، އެއީ : ﷲ އީ އެއްކައުވަންތަ (ތަޥްޙީދު) ފަރާތެއް ކަމުގައި ޤަބޫލުކުރުމާއި، އެކަލާނގެއަށް ކިޔަމަންގަނެ ބޯލެނބުމާއި، ޝިރުކު އަދި ޝިރުކުކުރާ އެންމެހައި އަހުލުވެރިންގެ ކިބައިން ދުރުވުމެވެ.“

ޝިރުކުގެ އަހުލުވެރިންގެ ކިބައިން އެއްފަރާތްވުމަށްވެ އެވެ. ޝިރުކުގެ ޢަމަލުގެ އިތުރަށް އެއްޖިންސުން ގުޅުން ހިންގުމަށް ގޮވައި އެއަށް ދަޢުވަތުދީ އެއީ އިންސާނީ ޙައްޤެއްކަމަށް ވަކާލާތުކުރުން މިފަދަ ލާއިންސާނީ ޙައިވާނީ ނަފްސެއްގެ މައްޗަށް އޮންނަންޖެހޭ ރުޅިވެރިކަމާއި ނަފްރަތު ބޮޑުވެގެން ނުވޭ ހެއްޔެވެ؟

އިންސާނިއްޔަތު ކަމުގެ ކުޑަވެސް ލަދެއްވެސް މި ނަފްސުގައި ނުވެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ) الأعراف 80 ”އަދި لوط عليه السلام އެ ނަބިއްޔާގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، ޢާލަމުތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟“

އޭގެ ކުރިން އިންސާނީ ތާރީޚުގައިވެސް އެއްޖިންސު ގުޅުން ހިންގާފައެއް ނުވެ އެވެ. މިއީ ވަލު ޖަނަވާރުތައްވެސް ކޮށްފައިވާ ޢަމަލެއް ނޫނެވެ. މިއަދު މީސްތަކުންނަށް އެކަން ކުރުމަށް ގޮވާލާހިނދު، އަހަރެމެން މުސްލިމުންގެ ހިތުގައި މިކަމަށް އޮންނަންޖެހޭ ނަފްރަތާއި އޮންނަން ޖެހޭ ރުޅިވެރިކަން ކޮބައި ހެއްޔެވެ؟ މިފަދަ ބަޔަކަށް ހެޔޮ އެދިގެން ވާހަކަ ދައްކާ މީހުންނާއި އަދި ދިފާޢުކުރާ މީހުންނާއި އަދި ރަޙުމް ކުރާ ބަޔަކަކީ މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ކަމުގައި ނުވާނެ އެވެ. އެބަޔަކަށް ހިތުގައި އިޚްތިރާމާއި ޤަދަރު ދެވި، އެމީހުންގެ ޢަމަލުގެ މައްޗަށް ޙައިރާންވެ ޢަޖައިބުވެ، އެބަޔަކަށް ޘަނާކިޔައި، އެމީހުންނަށް މަދަޙަކިޔުން މިއީ ކޮންފަދަ ނުބައިވެގެންވާ ޢަމަލެއް ހެއްޔެވެ؟

ﷲ ޙަޟުރަތުން ކޯފާ ބާވައިލެއްވި، އެމީހުންގެ މައްޗަށް ނިޔާކުރެވި ދިޔަ ގޮތް އެއީ އިސްލާމީ ތާރީޚުގައި ފެންނަންއޮތް ކޮންފަދަ ބުރުހާނެއް ހެއްޔެވެ؟ ޙަދީޘްގައިވެ އެވެ. (مَلعونٌ من عمِلَ عملَ قومِ لوطٍ، مَلعونٌ من عمِل عملَ قومِ لوطٍ، ملعونٌ من عمِلَ عملَ قومِ لوطٍ) “ لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. لوط عليه السلام ގެ ޤައުމުގެ އަހުލުވެރިންގެ ޢަމަލު (އެއްޖިންސު ގުޅުން ހިންގުމުގެ ޢަމަލު) ހިންގައިފި މީހަކަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. (ތިން ފަހަރަށް ތަކުރާރު ކުރައްވާ ޙަދީޘްފުޅު ކުރެއްވި އެވެ.)“ صحيح الترغيب 2516

މިއަދު ޢަމަލު ސިއްރިޔާތުގައި ހިންގަނީއެއް ނޫނެވެ. އެހެނަސް ފާޅުކަން ބޮޑުގޮތުގައި މި ލާއިންސާނީ، ނާތަހުޒީބީ، ވަލުޖަނަވާރުންނަށްވުރެ ދަށުދަރަޖައިގެ ޢަމަލު ރީތިކޮށް، އެއަށް ދަޢުވަތު ދިނުމުގަ އެވެ. އެކަން އުނގަންނައި ދިނުމަށް ވަކާލާތު ކުރުމުގަ އެވެ. ހުރި ލަދުޙަޔާތް ކުޑަ ކަމާ އެވެ! ޝައިޠާނީ ޞޫރައިގެ މުޑުދާރު ކަމާ އެވެ!

ލިވާޠުގެ ޢަމަލަކީ ﷲ ގެ ކޯފާއަށް ހުށަހެޅޭނެ ސަބަބެއް ކަމުގައިވެ އެވެ. ﷲ ލައްވާފައިވާ ޒަވާޖީ ޙަޔާތުގެ ނިޒާމާއި، އިންސާނިއްޔަތުގެ ވަޒީފާ ގެއްލުވާ، މިނިކާ ވަލުޖަނަވާރުންގެ ޙާލަތަށްވުރެ ދަށު ދަރަޖައަށް ގެންގޮސްދޭ ޢަމަލެކެވެ. އެތައް ނުރައްކާ ބަލިތަކުގެ ކާރިޘާ ކުރިމަތި ކުރުވާ ކަމެކެވެ. ނަފްސާނީ ބަލި އުފެދި، އަޚްލާޤު ފަސާދަވެ، ހެޔޮ ނުބައި ވަކިކުރަން ނޭނގި، ލަދު ޙަޔާތް ގެއްލި، އެހެންމެހައި ފާފަތަކުގެ ދޮރު ހުޅުވައި އެ ފާފަތައް ރީތިކޮށްލަ އެވެ؟ ހަމަ ބުއްދިއަށް މިކަމުގެ ޙަރާމްކަން ވަންހަނާވާނެ އެވެ؟

ޒިނޭއަކީ ބޮޑުވެގެންވާ ފާފައެއްގެ އިތުރަށް ނުބައިކަން ބޮޑުވެގެންވާ އަދި މުޑުދާރު ކަމުގައި ޙައްދުންނައްޓާފައިވާ ޢަމަލެކެވެ. (وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ) الإسراء 32 ”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“

މިއަދު މި ފެންނަނީ ޒިނޭއަށްވުރެ އޭގެ ނުބައިކަން ބޮޑުވެގެންވާ މުޑުދާރު ޢަމަލެއްގެ ވާހަކަ އެވެ. އަމިއްލަ ނަފްސަށް ބުނެލުން ހުއްޓެވެ. ޒިނޭ ކުރުމަށް ދަޢުވަތުދޭ އެއަށް ހިތްވަރުދޭ ބައެއް ތިބެގެން ކުޅޭ ކުޅިވަރު ބެލުމަށް ތިބާ އިންނާނަން ހެއްޔެވެ؟ އެމީހުންނަށް ސަޕޯޓްދީ އެމީހުންނަށް ހެޔޮ ރިވެތިބަސް ބުނުމުގައި ދެމިހުންނާނަން ހެއްޔެވެ؟ ނުވަތަ ޒިނޭގެ ފާޙިޝް އަހުލުވެރިންނާ އެކުއެކީގައި ދުރުވެ އެއިން މީހެއް ފެންނަންވެސް ނޭދޭ ޙާލުގައި ވުމަށް ބޭނުން ވާނެ ނޫންހެއްޔެވެ؟

އިޚްވާނުންނޭވެ! ޒިނޭގެ އަހުލުވެރިޔާގެ އެތެރެހަށި އަދި ބޭރު ޞޫރައިގެ ޙަޤީޤަތް އެގިގަތުން ހުއްޓެވެ. الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. “ ޒިނޭ އަކީ އެންމެހައި ނުބައިކަންތަކެއް ޖަމަޢަކޮށްފައިވާ ކަމެކެވެ. ދީންވެރިކަމެއް ނެތުމާއި، ވަރަޢަވެރިކަން ގެއްލުމާއި، ޣީރަތްތެރިކަން ނެތުމާއި، އެއްބަސްވުންތަކަށް ވަފާތެރި ނުވުމާއި، ބަސްބުނުމުގައި ތެދުވެރި ނުވުމާއި، އަނބިދަރީންގެ މައްޗަށް ލަދުވެތިކަމެއް ނެތުމާއި، ޣައްދާރުވުމާއި، މަކަރު ހެދުމާއި ޚިޔާނާތްތެރިވުމާއި، ޙަރާމްކަންތަކަށް އަރައިގަތުމަށް ޖެހިލުން ކުޑަވުމާއި، އޭނާގެ ހިތުން ޣީރަތްތެރިކަން ފިލައިގެން ދިއުންވެ އެވެ.“ روضة المحبين ص 360 – 363

ވުމާއެކު, ލިވާތު ކުރާ އަދި އެކަމަށް ގޮވާލާ މީހާގެ އެތެރެފުށާއި ބޭރުފުށް ހުންނާނެ ގޮތް ދެނެގަތުން ހުއްޓެވެ.

މުސްލިމް އަޚުންނާ އުޚްތުންނޭވެ! މިއީ ހިތުންނާއި ދުލުން އިންކާރުކޮށް ނަފްރަތު ކުރުން ވާޖިބުވެގެންވާ ދީނީ ކަމެކެވެ. މި ލާއިންސާނީ، ޙައިވާނީ، ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަށް ވެއްޓިފައިވާ، ނުބައިވެގެންވާ މި ޢަމަލަށް އަދި ޢަމަލަށް ގޮވާ މީހުންނަށް މުސްލިމެއްގެ ހިތުގައި ކުޑަވެސް ޤަދަރެއް އޮވެގެން ނުވާނެ އެވެ. މިއީ ﷲއަށްޓަކައި ނަފްރަތު ކުރަންޖެހޭނެ ކަމެކެވެ. ހިތުގައިވާ އީމާންތެރިކަން ފާޅުކުރުމަކީ މި ޢަމަލުތަކާއި މި ދަޢުވަތުތަކަށް ނުރުހުމެވެ. އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަށް އިންކާރު ކުރުމާއި ނަފްރަތު ކުރުމުގައި ދެމިހުރުމެވެ. ތިޔަ އަޚުންނާއި އުޚްތުންގެ ނަފްސުގައި މިކަމަށް ނަަފްރަތު ކުރަން ޖެހެނީ ކީއްވެގެންކަން އެނގިގަތުން ހުއްޓެވެ.

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެބައެއްގެ ޢަމަލުގެ މައްޗަށް ރުހިއްޖެ މީހާ އެބަޔަކާ އެކުގައި މަޙްޝަރު ކުރެވޭ ހުއްޓެވެ. އެއީ لُوط عليه السلام ގެ އަނބިކަނބަލުން ލިވާޠުގެ ފާޙިޝް ޢަމަލުގައި ޤައުމުގެ އަހުލުވެރިންނާ ބައިވެރިނުވި ކަމުގައި ވީނަމަވެސް އެބައިމީހުންނާ އެކުގައި މަޙްޝަރު ކުރެވޭނެ ފަދައިންނެވެ. ފަހެ، މިއީ ހަމަކަށަވަރުން އަންހެންމިހާގެ ކިބައިން ފާޅުވި (ޢަމަލެއް) ނޫނެވެ. އެހެނަސް އެ އަންހެންމީހާ އެ ޢަމަލުގެ މައްޗަށް ރުހުމުން އެ ޤައުމުގެ މީސްތަކުންގެ މައްޗަށް ބާވައިލެއްވުނު ޢަޒާބުގައި ޝާމިލުވެގެންވި އެވެ.“ مجموع الفتاوى ٣٤٤/١٥

އަޚުނޭވެ! މި ސަބަބު އަދި މި ނޫން ސަބަބުތަކަށްޓަކައި މި ފާޙިޝް މީހުންގެ މައްޗަށް ރުޅިވެރިކަމާއި، ނަފްރަތު މުސްލިމުންގެ ނަފްސުގައި އޮންނަން ޖެހެ އެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިންކާރުކޮށް މުޖުތަމަޢުގައި މި ދަޢުވަތް ހުއްޓުވެން ޖެހެ އެވެ. ދުޢާއަކީ އަހަރެމެން އެންމެން މި މުޑުދާރު ފަރާތްތަކުގެ ސަލާމަތްވެ، ޙިމާޔަތް ކުރުމުގެ ތަޥްފީޤު ﷲ މިންވަރު ކުރެއްވުމެވެ. ﷲ ގެ ދީނުގައިވާ ޙައްޤު ޙުކުމް މި ބައިމީހުންގެ މައްޗަށް ނިޔާކުރެވި މި އިސްލާމީ ވަޠަން މި ޢަމަލުތަކާއި މި ފަސާދަވެގެންވާ ދަޢުވަތްތަކުން ﷲ ރައްކާތެރި ކުރެއްވުމެވެ. و الحمد لله رب العالمين.

Similar Posts

Leave a Reply