ޙައްޖުވެރިންގެ ޢަމަލުތަކުގެ ތެރެއިން – ޙައްޖުމަހުގެ 8ވަނަ ދުވަހު މިނާގައި ތިބުން

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޙައްޖު މަހުގެ 8 ވަނަ (يَومُ التَروِية -ޔައުމު ތަރްޥިޔަ) ދުވަހުގެ ޢަމަލުތައް :

يَا أَيُّهَا النَّاسُ! خُذُوْا مَنَاسِكَكُمْ ”އޭ އެންމެހާއި މީސްތަކުންނޭވެ. ޙައްޖުގެ މަނާސިކުތައް (ތިމަން ނަބިއްޔާގެ އަރިހުން) ހޯދައިގަތުން ހުއްޓެވެ.

1. مَكَّة ގެ އަހުލުވެރިންނާއި مَكَّة ގައި (حَجُّ ކުރުމަށް) ތަޙައްލުލުވެ ތިބި އެކި ކަންކޮޅުތަކުގެ  އަހުލު ވެރިން ذُو الحجَّة މަހުގެ އަށް ވަނަ ދުވަހު حَجُّ އަށް إِحْرَام ބަނުން ހުއްޓެވެ.

އެއީ يَومُ التَروِية ގެ ދުވަހެވެ.

2. إِحْرَام ބަންނާނީ އެމީހަކު مَكَّة ގައި ހުންނަ މަންޒިލަކުންނެވެ. އެއަށް ފަހު مِنَى އަށް ގޮސް مِنَى ގައި އެދުވަހުގެ الظُّهُر، العَصْر، المَغْرِب، العِشَاء އަދި الفَجْر ނަމާދު ޖަމްޢުނުކޮށް ޤަޞްރު ކުރާނީ އެވެ. -ކޮންމެ ނަމާދެއް އެނަމާދެއްގެ ވަޤުތުގައި ކުރާނީ އެވެ. އެގޮތުން 4 ރަކުޢަތުގެ ނަމާދު 2 ރަކުޢަތަށް ކުރުކޮށެވެ. ޔަޢުނީ ޤަޞްރުކޮށެވެ.

ސަބަބަކީ رَسُول الله ﷺ އަރިއަހުގައި العُمْرَة ކުރެއްވުމަށް ފަހު ތަޙައްލުލު ވެވަޑައިގެންނެވި ޞަޙާބީން މި ފަދައިން ޢަމަލު ކުރެއްވީމަ އެވެ.

3. އަށްވަނަ ދުވަހުގެ ކުރިން مِنَى އަށް ފައިބާ އެތަނުގައި ހުރެއްޖެ މީހާ إِحْرَام ބަންނާނީ مِنَى އިންނެވެ. مَكَّة އަށް إِحْرَام ބަނުމަށްޓަކައި ދިޔުން އެމީހާގެ މައްޗަށް ލާޒިމެއް ނުވާނެ އެވެ.

މީގެ މިޘާލަކީ، 8 ވަނަ ދުވަހުގެ ކުރިން މިނާއަށް އައިސް މިނާގައި ހުންނަ މީހެކެވެ. އެކިއެކި މަސައްކަތް ކުރުމަށާއި، ޙައްޖުވެރިންގެ ކަންތައްތައް އިންތިޒާމު ކުރުމަށާއި ނުވަތަ އެ ނޫންވެސް ސަބަބަކާއި ގުޅިގެން މިނާއަށް އަވަހަށް ފައިބައިފައިވާ މީހެކެވެ.

ފަހެ، އޭނާ އިޙްރާމް އަޅާނީ މިނާގައި ހުރެގެންނެވެ. ސަބަބަކީ، ނަބިއްޔާ ﷺ ޙައްޖަތުލް ވަދާޢުގައި، ޙައްޖު ކުރުމަށްޓަކައި އިޙްރާމް ބެންނެވީ ޙައްޖުމަހުގެ 8 ވަނަ ދުވަހުގެ ޟުޙާ ވަޤުތުގަ އެވެ.

އެގޮތުން ނަބިއްޔާ ހައްޖު ކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގެން البطحاء -ބަޠްޙާ- ގައި މަޑު ކުރެއްވި އެވެ. އަދި 8 ވަނަ ދުވަސް ބައްދަލު ކުރެއްވުމަށްފަހުގައި އިޙްރާމް ބެންނެވި އެވެ.

4. مَكَّة ގެ أَهلُ ވެރިންގެ ތެރެއިން مَكَّة ގައި إِحْرَام ބަން މީހުންނާއި އެނޫން މީހުން ވެސް إِحْرَام ބަނުމަށްޓަކައި المَسْجِد الحَرَام އަށް ދިޔުމެއް ނުވެ އެވެ. އަދި الحَجُّ އަށް ނުކުތުމަށްޓަކައި ގެފުޅަށް ވަދާޢު ކިޔުމަށް طَوَاف ކުރުމެއް ނުވެ އެވެ.

ބައެއް މީސްތަކުން، އިޙްރާމް ލުމަށް ކަޢުބާ ކައިރިއަށް ދިއުމާއި، ނުވަތަ އިޙްރާމް ލައިގެން މައްކާ ދޫކޮށް މިނާއަށް ދިއުމުގެ ކުރިން ކަޢުބާއަށް ޒިޔާރަތް ކުރުން، ކަޢުބާއަށް ވަދާޢު ކިޔުމަށް ދިއުމަކީ، ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި ޢަމަލެކެވެ.

މިފަދަ އެންމެހައި ޢަމަލުތަކުން ޙައްޖުގެ އަޅުކަން ރައްކާތެރިކުރުން ހުއްޓެވެ.

6. މިނާގައި އިޙްރާމުގައި ޤާއިމްވެ ތިބޭހިނދު، ތަލްބިޔާ ކިޔުމުގައި ދެމިތިބުން ހުއްޓެވެ. އަދި ޛިކުރު ކުރުމާއި، ޤުރުއާން ތިލާވަތް ކުރުމާއި ދުއާ ކުރުންފަދަ ބާވަތްތަކުގެ އަޅުކަމުގައި ޤާއިމްވެ، ވަޤުތައް ރައްކާތެރިވުންވެ އެވެ.

ވަކި ޢަދަދަކަށް، ވަކި ވިރުދެއް، ވަކި ޛިކުރެއް އަދި ވަކި ސޫރަތެއް މިނާގައި ކިޔުމަށް ބުނެފައިވާ އެންމެހައި ބުނުން ތަކަކީ ބިދުޢަވެރި ޢަމަލު ތަކެވެ.

އެފަދަ އެއްވެސް އެއްޗެއް ވާރިދުވެގެން ނުވެ އެވެ.

حَجُّ އަށް ނުވަތަ عُمْرَة އަށް إحرام ބަންނަ ހިނދުން ފަށައިގެން ތަލްބިޔާ ކިޔަން ފެއްޓުންވެ އެވެ. އަދި حَجُّ ވެރިޔާ ތަލްބިޔާ ކިޔުން ހުއްޓާލާނީ ޙައްޖުމަޖުހެ 10ވަނަ ދުވަހު جمرة އަށް ހިލައުކައި ނިމުމާ އެކުގަ އެވެ.

6. މިނާގައި މަޑުކޮށް 8 ވަނަ ދުވަހުގެ الظُّهُر، العَصْر ނަމާދު ކުރާނީ އެވެ. އަދި އެ ރޭގެ المَغْرِب، العِشَاء އަދި الفَجْر ނަމާދު  ކުރުމަށްފަހު، 9 ވަނަ ދުވަހަށް އިރު އެރުމަށް ދާންދެން މިނާގައި މަޑު ކުރާނީ އެވެ.

އަދި އެއަށްފަހު 9 ވަނަ ދުވަހުގައި (ޢަރަފާތް ދުވަހުގައި) އެ ދުވަހުގެ ޟުޙާ ވަޤުތުގައި ޢަރަފާތަށް ދިއުމަށްޓަކައި މިނާއިން ނުކުންނާނީ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts