ނަމާދަށްފަހު ތަކްބީރު ކިޔާއިރު އިމާމް އިންނާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މި ދުވަސްތަކުގައި ތަކްބީރު ޚާއްޞަކޮށް ފަރުޟު ނަމާދަށްފަހު ކިޔުން ވެ އެވެ.

ފަރުޟު ނަމާދަށްފަހު އިމާމް ތަކްބީރި ކިޔާހިނދު އިންނާނީ ޤިބްލައަށް ކުރިމަތިލައިގެން ހެއްޔެވެ؟ ނުވަތަ މައުމޫމުންނާ ދިމާލަށް ކުރިމަތިލައިގެން ހެއްޔެވެ؟

ފަހެ، ފަރުޟު ނަމާދަށްފަހު، ތަކްބީރު ކިޔުމަށް އޮތް ވަޤުތު ބަޔާން ކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العزِيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ފަރުޟު ނަމާދުކޮށް ސަލާމްދިނުމަށްފަހު، أَسْتَغفرُ الله ތިން ފަހަރަށް ކިޔުމަށްފަހު، އަދި اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ (މި މިންވަރަށް ކިޔުމަށްފަހު) ތަކްބީރު ކިޔަން ފަށާނީ އެވެ. މިއީ ޙައްޖުވެރިން ނޫން ފަރާތްތައް ޢަމަލު ކުރާނެ ސިފަ އެވެ. ދެންފަހެ، ޙައްޖުވެރިންގެ ޙައްޤުގައި (ފަރުޟު ނަމާދަށްފަހު) ތަކްބީރު ކިޔަން ފަށާނީ ޔައުމުއް-ނަޙްރު (ޢީދު ދުވަހު) މެންދުރު ނަމާދުން ފަށައިގެންނެވެ.“ مجموع الفتاوى 13-17

ދަންނަ އެވެ! މި މިންވަރަކީ، އިމާމް ސަލާމް ދިނުމަށްފަހު މައުމޫމުންނަށް ފުރަގަސް ދީގެން އިނުމަށް އިންނަ ވަޤުތު ކޮޅެވެ. އެބަހީ، ސުންނަތުގައި ކަނޑައެޅިފައިވަނީ، މި މިންވަރަށް ކިޔުމަށްފަހު، މައުމޫމުންނާ ދިމާލަށް އެއަށްފަހު އެނބުރުމެވެ.

އަދި އިމާމް އިންނާނީ އެއަށްފަހު ޤިބްލައަށް ފުރަގަސް ދީގެންނެވެ. ޢީދުގެ ތަކްބީރު ފަރުޟު ނަމާދަށްފަހު ކިޔުމުގައި އިމާމް އިންނާގެ ޙާލަތަކީ ކޮބައިކަމާމެދު ޑރ. الشيخ عرفات بن حسن المحمدي -حفظه الله- އާ ސުވާލު ކުރެއްވުމުން ވިދާޅުވި އެވެ.

އިމާމް ތަކްބީރު ކިޔަން ފަށާނީ، ސަލާމް ދިނުމަށްފަހު، މައުމޫމުންނާ ދިމާލަށް އެނބުރުމަށްފަހުގަ އެވެ.“

ޖަވާބު އޮޅުން ފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply