ކަހްފް ސޫރަތް ހުކުރުދުވަހު ކިޔެވުން މޮޅުއިތުރީ ކޮން ވަޤުތެއްތަތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހުކުރު ދުވަހަށް ޚާއްޞަ ވެގެންވާ ސުންނަތް ތަކުގެ ތެރޭގައި އެ ދުވަހުގައި ކަހްފު ސޫރަތް سورة الكهف ކިޔެވުން ވެ އެވެ.

ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ.

من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق – މި ޙަދީޘް صحيح الترغيب އިމާމް الألبَانِي -رحمه الله- ޞައްޙަ ކުރައްވާފައިވެ އެވެ.

”ހުކުރު ވިލޭރޭގައި سورة الكهف ކިޔަވައިފި މީހަކަށް، ފަހެ އެމީހަކާއި (އެބަހީ : އެމީހަކު އެޞޫރަ ކިޔެވިތަނަކާ) ޒަމާންވީ ގެފުޅާއި ދެމެދު (ދުރުމިނަކަށް) ވާ އަލިކަމެއް އެމީހަކަށްޓަކައި ވާނެ އެވެ.“

އަދި އެހެން ޙަދީޘެއްގައިވެ އެވެ.

رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَنْ قرَأَ سُوْرَة الكَهْفِ يَوْم الجُمُعَة أَضَاءَ لَهُ النُّوْر مَا بَيْنَهُ وَ بَيْنَ البَيْت العَتِيْق) صحيح الجامع : 6471

”ހުކުރު ދުވަހު سورة الكهف ކިޔަވައިފި މީހަކަށް، ފަހެ އެމީހަކާއި (އެބަހީ : އެމީހަކު އެޞޫރަ ކިޔެވިތަނަކާ) ޒަމާންވީ ގެފުޅާއި ދެމެދު (ދުރުމިނަކަށް) ވާ އަލިކަމެއް އެމީހަކަށްޓަކައި ވާނެ އެވެ.“

العَلاَّمَة الشَّيخ ابن العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ.

”ކަހްފު ސޫރަތް ހުކުރު ދުވަހުގައި ކިޔެވުމަކީ މަންދޫބު ވެގެންވާ ޢަމަލެކެވެ. އަދި އެކަމުގައި މާތްކަމެއްވެ އެވެ. އަދި މި އަޖުރު ލިބުމުގައި (ކަހްފު ސޫރަތް) މުޞްޙަފް ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގައި ތަފާތެއްނުވެ އެވެ. ޝަރުޢީ ގޮތުން ދުވަސް ގުނެނީ، ފަތިސް ވަޤުތުން ފެށިގެންގޮސް އިރުއޮއްސުމަށް ދާންދެނެވެ. ފަހެ، އެހެންވުމުން އިންސާނަކު ހުކުރު ނަމާދުގެ ފަހުގައި ކިޔެވި ކަމުގައިވީނަމަވެސް އަޖުރު ޙާސިލްވެގެންދާނެ އެވެ.“

ވުމުން އިސްވެ ބަޔާންވެގެންވާ ޙަދީޘްތަކުން، ހުކުރު ދުވަހުގައި އަދި ހުކުރު ވިލޭރޭގައިވެސް ކިޔެވުން ވާރިދުވެގެންވާކަން ބަޔާންވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply