ޤުނޫތު ކިޔުމުގައި އެންމެ ޞައްޙަވެގެންވާ ގޮތަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:

ޤުނޫތު ކިޔުމުގައި އެންމެ ޞައްޙަވެގެންވާ ގޮތަކީ ކޮބައިކަމާއި މެދުގައި އުޚްތެއް ސުވާލުކޮށްފައި ވުމުން ޖަވާބުގައި ބުނަމެވެ.

އުޚްތާ އެވެ! ވިތުރީގައި ކިޔާ ޤުނޫތަކީ ﷲ ގެ ނަބިއްޔާ ﷺ އެ ނަބިއްޔާ ﷺ ގެ ކާފަ ދަރިކަލުން الحسن بن علي بن ابي طالب އަށް އުނގަންނަވައި ދެއްވި ހެޔޮވެގެންވާ ދުޢާއެކެވެ.

ޖަވާމިޢު ދުޢާ އެކެވެ. ވަކި ޚާއްޞަ ލަފްޟުތަކެކެވެ. އެ ލަފްޟުތައް މިތަނުގައި ބަޔާން ކުރަމެވެ.

اللهمَّ اهدِني فيمن هدَيْتَ ، وعافِنِي فيمن عافيْتَ ، وتولَّنِي فيمن توليْتَ ، وبارِكْ لي فيما أعطيْتَ ، وقني شرَّ ما قضيْتَ ، فإِنَّكَ تقضي ولا يُقْضَى عليْكَ ، وإِنَّه لا يَذِلُّ من واليْتَ ، تباركْتَ ربَّنا وتعاليْتَ

މާތް ނަބިއްޔާ އުނގަންނަވައި ދެއްވި މިންވަރަކީ އެންމެ ހެޔޮ އަދި އެންމެ މޮޅު އަދި އެންމެ ފުރިހަމަ ގޮތެވެ. ދުޢާގެ ލަފްޟުތަކަށް ތަދައްބުރުކޮށްފިހިނދު، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމާއި ބާއްޖަވެރިކަމެއް އަދި ކާމިޔާބީއާއި ފަލާޙެއް މިދުޢާގެ ލަފްޟުތަކުގައިވެ އެވެ.

ބުނެވޭ ކަހަލަ އެވެ! އެއްވެސް އެއްޗެއް އިތުރަށް އިތުރު ނުކުރި ކަމުގައިވީނަމަވެސް ފުދެ އެވެ.

ސުންނަތުގެ އަހުލުވެރިން އެންމެހައި ޢަމަލުތަކެއްގައިވާހުށީ ސުންނަތުގެ މިންގަނޑުގަ އެވެ. ސުންނަތް އެއީ އެންމެ ހެޔޮ އިޤްތިޞާދުވެގެންވާ މިންވަރެވެ.

ފަހެ، މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުން މި ދުޢާގެ ތެރެއަށް އިތުރު ދުޢާތަކެއް ނިންމާލުމުގެ ކުރިން އިތުރު ކުރައްވާފައިވާކަން ބަޔާންވެ އެވެ. އެހެނަސް އެއީ ވަރަށްމަދު މިންވަރަކަށެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ރަސޫލާ ﷺ  ކުރެއްވެވި އެންމެ ދިގު ދުޢާ ޞޫރަތް وَاللَّيْلِ إِذَا يَغْشَى (މި ޞޫރަތުގެ ދިގުމިނަށްވުރެ) އިތުރެއް ނުވެ އެވެ.

މިއީ މިޒަމާނުގެ ވަޤުތަށް ބަލައިފިނަމަ ގާތްގަނޑަކަށް އެންމެ ދިގުކަމުގައިވީނަމަވެސް ދޮޅު މިނިޓް އެވެ.

ވުމާއެކު ޤުނޫތުގެ ދުޢާގެ ތެރެއަށް اللهُّم إِنَّكَ عَفُوٌّ تُحبُّ العَفْوَ فَاعفُ عَنِّيْ އަދި رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ކިޔައިފިހިނދު ފުދިއްޖެ އެވެ. ދެދުނިޔޭގައި ބޭނުންވެފައިވާ އެންމެހައި ކަންތަކެއް ޙާޞިލްވެއްޖެފަދަ އެވެ.

ފަހެ، ނަބިއްޔާ ވިތުރީގައި އެންމެ ފަހު ދުޢާއެއްގެ ގޮތުގައި މިކަލިމަތައް اللهمَّ إِنَّا نَعُوْذُ بِرِضَاكَ مِنْ سَخَطِكَ وَبِعَفْوِكَ مِنْ عُقُوْبَتِكَ ، وَبِكَ مِنْكَ ، لَا نُحْصِيْ ثَنَاءً عَلَيْكَ ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ ވިދާޅުވާ ކަމުގައި ޙަދީޘްގައިވެ އެވެ.

އެއަށްފަހު ޞަލަވާތް ކިޔަވައި ނިންމައި ސަޖިދައަށް ދާނީ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply