ބައްޔެއްގެ ސަބަބުން ދަތްތައް ނަގަންޖެހި މަސްނޫޢީ ދަތްޖެހުމަކީ ހުއްދަ ކަމެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހަށިގަނޑުގެ ގުނަވަނެއް ޞިއްހަތާއި ސަލާމަތުން ހުރެ، ކުރިމަތިވި ޙާދިޘާއާ ގުޅިގެން، އެ ގޮތުން ބައްޔެއް ކުރިމަތިވެގެން ނުވަތަ އެކްސިޑެންޓެއް ފަދަ ކަމެއް ދިމާވެގެން އެ ގުނަވަން ޢައިބު ވީ އެވެ.  

ގުނަވަނަށް ގެއްލުން ލިބުނީ އެވެ.  

މިފަދަ ޙާލަތުގައި ގުނަވަނަށް ލިބިފައިވާ ގެއްލުން ފިލުވާލުމަށް މަސްނުޢީ އެފަދަ އެއްޗެއް ބޭނުން ކުރުމުގައި އެއްވެސް މަނާކަމެއް ނެތެވެ. 

އަދި ހަމައެފަދައިން ބޭސްފަރުވާގެ ގޮތުންވެސް އެފަދަ އެއްޗެއް ބޭނުން ކުރުމުގައި މަނާކަމެއް ނެތެވެ.  

މިކަމަށް ދަލީލު ވާރިދުވެގެންވެ އެވެ.  

ރިވާޔަތުގައިވެ އެވެ. 

(أنَّ عرفجةَ بنِ أسعدَ ، أصيبَ أنفُهُ يوم الْكلابِ فاتَّخذَ أنفًا من ورِقٍ فأنتنَ عليْه فأمرَهُ النبي صلَّى الله عليْه وسلَّم أن يتَّخذَ أنفًا من ذَهبٍ) 

عبدُ الرحمنِ بنُ طَرَفةَ ވިދާޅުވެފައިވެ އެވެ. ކާފާފުޅު عَرْفجةَ بنِ أسعدَ -رضي الله عنه- ކުލާބި ދުވަހުގައި ( އެބަހީ : ޖާހިލިއްޔަ ޒަމާނުގައި ހިގައި ދިޔަ ހަނގުރާމަ އެއް)، އެ ހަނގުރާމައިގައި ނޭފަތް ބުރިވެގެންދިޔަ އީ އެވެ. އަދި ރިހީން ނޭފަތެއް ތައްޔާރުކޮށް ބޭނުން ކުރުމުންވެސް، ވަރަށްބޮޑަށް އެ ރިހީގެ ނޭފަތް ބޭނުން ކުރުމުންވެސް ނުބައިވަސްދުވެ ހަލާކުވި އެވެ. ފަހެ، އެހިނދު ނަބިއްޔާ ﷺ  ރަނުން ނޭފަތެއް ޖެހުމަށް އަމުރުފުޅު ކުރެއްވި އެވެ.  

މިރިވާޔަތް އިމާމް أبي داود 4232 ގައި ރިވާކުރެއްވި އެވެ، އަދި އިމާމް . މި ރިވާޔަތް حسن ކުރެއްވި އެވެ. 

ރަން ބޭނުން ކުރުން ފިރިހެނުންނަށް ޙަރާމްވި ހިނދު މި ތަނުގައި ރަން ބޭނުން ކޮށްފައި މިވަނީ ޟަރޫރީޙާލަތަށް ދިއުމުންނެވެ. 

އެ ސަބަބާހުރެ އެންމެ ފުރތަމަ ރިހިން ނޭފަތެއް ޖެހި އެވެ.  

ރިވާޔަތުން ބަޔާންވަނީ، ގުނަވަން އޭގެ އަސްލު ގޮތުގައި ހުރެ، ދިމާވި ކަމަކާ ގުޅިގެން ގުނަވަން ހަލާކުވެއްޖެހިނދު، ކުރީގައި ހުރިގޮތަށް ޢައިބެއް ނުވާ ގޮތަށް އެ ގުނަވަނެއް އަބުރައި ގެނައުމުގައި ކުށެއް ނެތް ކަމެވެ.  

ވުމުން، ދަތްތައް ފަނިކައި ހަލާކުވީ އެވެ. ބައްޔެއް ދިމާވެ ދަތްތައް ފޭބީ އެވެ.  

މިހާރު މިވަނި އެ ޢައިބު ފިލުވުމަށް ޙާޖަތް މެދުވެރިވެފަ އެވެ.  

އެހިނދު ހުއްދަވާނެ އެވެ.  

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.  

”ބަލިކަމެއް ދިމާވެފައިވާ ދަތްތަކަށް ބޭސްފަރުވާ ކުރުމާއި ނުވަތަ ޢައިބުކޮށް ހުންނަ ދަތްތަކުން އެކަން ފިލުވުމުގައި މައްސަލައެއް ނެތެވެ. އެ ގޮތުން އެ ގެއްލުން އެދަތްތަކުން ވަކި ކުރުން ނުވަތަ ދަތް އުފުރުން ކަމުގައިވީނަވެސް އެވެ. އަދި ދަތް އުފުރުމަށްފަހު، އެއަށް ޙާޖަތް ޖެހިއްޖެހިނދު މަސްނުޢީ (ތައްޔާރީ) ދަތްތައް ޖެހުންވެސް ހުއްދަ އެވެ. ސަބަބަކީ، މިއީ ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ހުއްދަވެގެންވާ ބޭސްފަރުވާއެކެވެ.“ فتاوى اللجنة الدائمة  25/15 

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ އިމާމް ابن عثيمين رحمه الله – ވިދާޅުވެފައވެ އެވެ. 

”އެމީހެއްގެ ދަތްތައް ފޭބުމުން މަސްނުޢީ (ތައްޔާރީ) ދަތް ޖެހުން ހުއްދަވެގެންވެ އެވެ. ސަބަބަކީ މިއީ ޢައިބެއް ފިލުވުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. އެއީ، ޞަޙާބީ ބޭކަލުންގެ ތެރެއިން ބޭކަލަކަށް އެބޭކަލުގެ ނޭފަތް ބުރިވުމުން، ރިހން ނޭފަތެއް ޖެހުމަށް ދެންނެވުމުން، އެހިނދު އެތަން ހަލާކުވެ ވަސްދުވަން ފެށުމުން، ރަނުން ނޭފަތެއް ޖެހުމަށް އިޛުނަފުޅު ދެއްވި އެވެ. އަދި ރަނުގެ ނެފަތެއް ޖެހި އެވެ. ހަމައެފަދައިން އިންސާނެއްގެ ދަތްތައް ވެއްޓުމުން އިންސާނާއަށް އޭގެ ބަދަލުގައި މަސްނުޢީ ދަތްތައް ޖެހުން ހުއްދަވާނެ އެވެ. އެކަމުގައި ކުށެއް ނެތެވެ.“ فتاوى نور على الدرب  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts