ޙައްޖުގެ ޢަމަލުތަކުގެ ތެރެއިން – ހައްޖުވެރިޔާ ތަލްބިޔާ ކިޔުން

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޙައްޖުގެ އަޅުކަމަށް ނުވަތަ ޢުމުރާގެ އަޅުކަމަށް ނުކުންނަ އެތައް ގިނަ ބައެއްގެ ކިބައިން އިޙްރާމުގައި ކިޔުމަށް ޚާއްޞަ ވެފައިވާ ތަލްބިޔާއާ މެދުގައި ވަރަށް ބޮޑަށް އިހުމާލުވެ، ފަރުވާކުޑަކޮށްފައި ވުމަކީ ހިތާމަ ހުރި ކަމެކެވެ.

ބައެއް މީހުންގެ ކިބައިން ތަލްބިޔާ ކިޔާ އަޑު އިވުމަކީ އެއީ ނާދިރު ކަމެކެވެ. އޭގައި އަދި ހިތްދަތި ކުރުވާ އަނެއް ސަބަބަކީ، އިހްރާމުގައި ހުންނަ ފަރާތްތަކުން، ތަލްބިޔާގެ މާތްކަމާއި މަތިވެރިކަން އެނގި ތަލްބިޔާ ކިޔުމުން ”އޭނާގެ ތަލްބިޔާ ކިޔުމަކީ އެހެން މީހުންނަށް ބޮޑު ތުރާލަކަށް“ ވެފައިވާ ކަމެކެވެ. والله المستعان!

التلبية އަކީ لبى (މި لفظ ގެ) މަޞްދަރެވެ. މާނައީ: عُمْرَة އަދި حَجُّ ގައި : لبيك ކިޔުމެވެ.

ގިނަ ޢަދަދެއްގެ ޞަޙާބީންގެ އަރިއަހުން، ނަބިއްޔާ ﷺ އެބޭކަލުންނަށް ވިދާޅުވެލެއްވުމުން ޖަވާބުގައި ”لَبَّيْكَ يَارَسُوْلَ االله“ އޭ ވިދާޅުވާ ކަމުގައި ގިނަ حَدِيْث ތަކެއް ވާރިދުވެފައިވެ އެވެ. ބައެއް حَدِيْث ތަކުގައި ”لَبَّيْكَ وَسَعْدَيْك“ ވިދާޅުވާކަމުގައިވެ އެވެ. އޭގެ ތެރޭގައި صحيح البخاري ވާރިދުވެގެންވެ އެވެ.

الله މީސްތަކުންނަށް البيت الحرام އަށް حَجُّ ކުރުމަށް ވަޙީކުރައްވާފައިވެއެވެ. ވުމަށް އެ އަމުރުފުޅަށް ﷲ ގެ އަޅާ އެ އިލާހަށް އިޖާބަދީ ތަލްބިޔާ ކިޔުމުގައިވެ އެވެ.

الرسول -صلى الله عليه وسلم  ގެ ތަލްބިޔާގެ ސިފައަކީ: لَبَّيكَ اللَّهُمَّ لَبَّيكَ، لَبَّيكَ لَا شَرِيكَ لَكَ لَبَّيكَ، إِنَّ الحَمْدَ وَالنِّعْمَةَ لَكَ وَالْمُلْك،  لَا شَرِيكَ لَكَ އެވެ. البخاري (5715) އަދި المسلم (2814) ގައި މިފަދައިން ވާރިދުވެގެންވެ އެވެ.

އަދި النَّسَائِي سُنَن ގައި أبو هريرة ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. ވިދާޅުވި އެވެ. (كان من تلبية النبي : لبيك إله الحق) ”اَلنَّبِيُّ -صلى الله عليه وسلم  ގެ ތަލްބިޔާގެ ތެރޭގައިވެ އެވެ. ”لَبَّيكَ إِلَهُ الحَقّ“ މިފަދައިން ވިދާޅުވާކަމަށްވެސް ވާރިދުވެގެންވެ އެވެ.

އަދި صحيح مسلم (2812)ގައި عبدالله بن عمر رضي الله عنهما ގެ حَدِيْث ގެ ފަހުގައިވެ އެވެ. ”عبدالله بن عمر ތަލްބިޔާއަށް އިތުރަށް ވިދާޅުވެ އެވެ. ”لَبَّيكَ لَبَّيكَ وَسَعْدَيكَ، وَالْخَيرُ بِيَدِكَ، لَبَّيكَ وَالرَّغْبَاءُ إِلَيكَ وَالْعَمَل“ މިއީވެސް ވާރިދުވެގެންވާ އެއް ސިފަ އެވެ.

ފަހެ، ސުންނަތުގައި ދެމިހުރުމަށްޓަކައި، މި އެންމެހައި ސިފަތަކުގައިވެސް ތަލްބިޔާ ކިޔުން ހުއްޓެވެ.

ހަމަކަށަވަރުން ރަސޫލާ ﷺ ގެ ތަލްބިޔާގައި التوحيد ޡާބިތުވެފައިވުމާއި އަދި شرك އިން ބަރީޢަވެގެންވުން ޝާމިލުވެގެންވެ އެވެ. އަދި ތަލްބިޔާގައި ވަނީ إخلاص ގެ ކަލިމަ ކަމުގައިވާ لااله إلا الله ގައި އެކުލެވިފައިވާ ދަލީލެވެ. ފަހެ (لبيك اللهم لبيك) ގެ މާނައަކީ إلااالله ގެ މާނައެވެ. އަދި (لا شريك له) ގެ މާނައަކީ لاإله ގެ މާނައެވެ.

ފިރިހެނުން އަޑުއުފުލާ ތަލްބިޔާ ކިޔުން މުސްތަޙައްބުވެގެންވެ އެވެ. 

އަންހެނުންނަށް އެދެވިގެންވަނީ ފިރިހެނުން އެތަނެއްގައި ތިބެ އަޑު އިވޭ ކަމުގައިވާނަމަ، އެކަނބަލުން ވަންހަނާކޮށް ކިޔުމެވެ. އެހެނަސް އަޑު އިވޭނެ ފިރިހެނުން ނެތް ކަމުގައިވާނަމަ، އަންހެނުން އަންހެނުންނަށް އަޑު އިވޭވަރަށް ކިޔާނީ އެވެ.

ރަސޫލާ صلى الله عليه وسلم  އަރިއަހުން السَّائِب بِن الخَلاد رضي الله عنه ރިވާކުރައްވާފައިވާ حَدِيْث އިން މިކަމަށް ދަލީލުކޮށްދެ އެވެ. حَدِيْث ކުރައްވާފައިވެއެވެ. (جَاءَنِي جِبْرِيْل فَقَالَ لِيْ: يَا مُحَمَّدُ! مُرْ أَصْحَابَكَ أَنْ يَرْفَعُوا أَصْوَاتَهُم بِالتَّلْبِيَة) ”ތިމަން ނަބިއްޔާ އަރިއަހަށް جبريل ވަޑައިގަންނަވާ ތިމަން ނަބިއްޔާއަށް ދެންނެވިއެވެ. އޭ محمد އެވެ. އަޞްޙާބު ބޭކަލުން އަޑުއުފުއްލަވާ ތަލްބިޔާ ވިދާޅުވުމަށް އަމުރުފުޅު ކުރައްވާށެވެ.“ النسَائِي (2705) އަދި އެހެން އިމާމުން ޞައްޙަ ސަނަދެއްގައި ރިވާކުރެއްވި އެވެ.

حَجُّ އަށް ނުވަތަ عُمْرَة އަށް إحرام ބަންނަ ހިނދުން ފަށައިގެން ތަލްބިޔާ ކިޔަން ފެއްޓުންވެ އެވެ. އަދި حَجُّ ވެރިޔާ ތަލްބިޔާ ކިޔުން ހުއްޓާލާނީ جمرة އަށް ހިލައުކައި ނިމުމާ އެކުގަ އެވެ. މިކަމަށް الفَضْلُ بن عَبَّاس  رضي الله عنهما ގެ حَدِيْث ވެ އެވެ.

އެންމެހައި އިޙްރާމުގައިވާ ފަރާތްތަކެވެ.

ތަލްބިޔާގެ މަތިވެރިކަމާއި މާތްކަން އެނގި ބަޔާންވުން ހުއްޓެވެ. ފަހެ، މި އަޖުރާއި ޘަވާބާއި ދަރުމަ، ތަލްބިޔާގެ ވަޤުތު ފާއިތު ވުމާއެކު އިޙްރާމުގައިވާ އަހުލުވެރިޔާގެ ކިބައިން ފާއިތުވެ ދިޔައީ އެވެ. ވުމުން، ޙަޔާތުގައި މި އަޅުކަން ކުރުމުގެ ފުރުސަތު ލިބި، މި އަޖުރު ޙާޞިލު ވުމަށް އޮތް ދަނޑިވަޅު ބޭކާރުކޮށް އެއްލާ ނުލުން ހުއްޓެވެ.

ޙައްޖުވެރިންގެ ތެރެއިން އެންމެ އަޖުރުބޮޑު ހައްޖުވެރިޔާގެ ޢަމަލާއި މެދުގައި ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ. (أن رسولَ اللهِ صلى الله عليه وسلم سُئِلَ : أي الحجِّ أفضلُ ؟ قال : ( العَجُّ والثَّجُّ ) ”ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم އަރިހުގައި ސުވާލު ކުރެވުނެވެ. އެންމެ މާތް (ހެޔޮކަން ބޮޑުވެގެންވާ) ޙައްޖަކީ ކޮބައިތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ”އަލް-ޢައްޖު ވަ އައް-އައްޘައްޖު އެވެ.“ الترمذي 827

އައްޖު އަކީ : އަޑު އުފުލައި ތަލްބިޔާ ކިޔުމެވެ. އައް-ޘައްޖު އަކީ ހަދްޔު ޤުރުބާން ކުރުމެވެ.

އަދިވެސް މި މާނައިގައި ޛިކުރުވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. ނަބިއްޔާ . އަރިހުގައި ގިނަ އަޅުކަންތަކާއި މެދުގައި ސުވާލު ދެންނެވުނެވެ. ނަމާދާއި ޒަކާތާއި ޙައްޖު އަދި ޞަދަޤާތް ކުރުން އެއިން ކޮންމެ އަޅުކަމެއްގައި އެންމެ ދަރުމަ އާއި ޘަވާބު ބޮޑީ ކާކުތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. (أكثرُهُمْ للهِ تَباركَ وتَعالَى ذِكرًا) ”އެ އަޅުކަމުގައި އެންމެ ގިނައިން ﷲ ޛިކުރު ކުރި ފަރާތެވެ.“

ފަހެ، ޙައްޖަކީ އެ އަޅުކަމުގެ ތެރޭގައި ކިޔުމަށް ޚާއްޞަ ޛިކުރެއް ކަނޑައެޅިފައިވާ ޢަމަލެއް ކަމުގައިވީހިނދު އެހެން އެންމެހައި ޛިކުރުތަކަށްވުރެ އެ ޛިކުރު ކިޔުން ގިނަކުރުން އެދެވިގެންވެ އެވެ. ފަހެ، އަޖުރާއި ޘަވާބުގައި އެ އަޅުކަމުގައި އެންމެ ޘަބާވު ބޮޑު ފަރާތް ކަމުގައިވާހުށީ އެ އަޅުކަމުގައި އެންމެ ގިނައިން ޛިކުރު ކުރި ފަރާތެވެ.

އިޙްރާމުގައި ހުންނަ ވަޤުތުތަކުގައި މި ޢަމަލުގައި ޤާއިމްވެ ދަރުމަހޯދާށެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (ما مِنْ مسلمٍ يُلَبِّي، إلَّا لَبَّى ما عن يمينِهِ وشمالِهِ مِنْ حجَرٍ، أوْ شجرٍ، أوْ مدرٍ، حتى تنقطعَ الأرضُ مِنْ هنا وها هنا)

”މުސްލިމަކު ތަލްބިޔާ ކިޔާ ހިނދުގައި އޭނާގެ ކަނާތްފަރާތުން ފަރާތުން އަދި ވާތްފަރާތުން ބިންގަނޑު ދެފަރާތުން ހުސްވަންދެން (މަޝްރިޤާއި މަޣްރިބުން އޭނާ ހުރަސްކޮށްފައިދާ އެންމެހައި) ހިލަތަކާއި ގަސްތައް އަދި ވެލިފުނިތައް އޭނާއާ އެކު ތަލްބިޔާ ކިޔުމުގައި ދެމި ތިބޭނެ އެވެ.“

الترمذي، كتاب الحج وصححه الألباني في صحيح الترمذي، 1/ 431

ވުމާއެކު، ތަލްބިޔާ ކިޔައި އޭގެ އަޖުރު ޙާޞިލް ކުރުމަށް އަތްކުރި އޮޅާލުން ހުއްޓެވެ. އެކަކު އަނެކަކަށްވުރެ ވާދަވެރިވެ، ﷲގެ ރަޙްމަތާއި ފާފަ ފުއްސެވުމަށް ކުރިއަރައި ދިއުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.


Similar Posts