ޙައްޖުވެރިންގެ ޢަމަލުތަކުގެ ތެރެއިން – ޢީދު ދުވަހުކުރާ ޢަމަލުތައް
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
1.ޙައްޖުވެރިޔާ އޭނާގެ ހައްޖުގެ އެންމެ ގިނަ ޢަމަލުތައް އަދާ ކުރާ ދުވަހަކީ ޢީދު ދުވަހެވެ. ފަހެ އެ ދުވަހަކީ يوم الحج الأكبر -ޔައުމުލް ޙައްޖުލް އަކްބަރު- އެވެ.
ޢީދު ދުވަހުގެ ޢަމަލުތައް ހަތަރެކެވެ. އެއީ جَمْرَةُ العَقَبَة އަށް ހިލައުކުން، ހަދްޔު ނަޙްރު ކުރުން ނުވަތަ ކަތިލުން، ބޯ ބޭލުން ނުވަތަ ކޮށުން އަދި طَوَاف الإِفَاضَة ކުރުމާއި ސަޢުޔު ކުރަން ޖެހިފައިވާ މީހުން ސަޢުޔު ކުރުމެވެ.
ފަހެ، ރަސޫލާ صلى الله عليه وسلم މި ތަރުތީބުން ޢަމަލު ކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم އެންމެ ފުރަތަމަ ހިލަ އުއްކެވި އެވެ. އެ އަށްފަހު ހަދްޔު ނަޙްރު ކުރެއްވުމަށް ފަހު އިސްތަށިފުޅު ބޭލުއްވި އެވެ. އެއަށް ފަހު طَوَاف ކުރެއްވި އެވެ.
2. ބައެއް ޞަޙާބީން رضي الله عنهم މި ޢަމަލުތަކުގެ ތެރެއިން ބައެއް ޢަމަލުތައް رَسُولُ الله صلى الله عليه وسلم ކުރެއްވި ތަރުތީބުން ނުކުރެވުނުހިނދު رَسُولُ الله صلى الله عليه وسلم އަށް ސުވާލު ދެންނެވުނެވެ. އެހިނދު ޖަވާބުގައި އެ ކަމުގައި ކުށެއް ނެތް ކަމުގައި حَدِيثُ ކުރެއްވި އެވެ. ކަތިލުމުގެ ކުރިން ބޯ ބޭލުމުން އެ ކަމާ ސުވާލު ދެންނެވުނެވެ.
އަދި ހިލަ އުކުމުގެ ކުރިން ކަތިލެވުނީތީވެ އެ ކަމާ ސުވާލު ދެންނެވުނެވެ. ހިލަ އުކުމުގެ ކުރިން ބޯ ބޭލުނީތީވެ އެ ކަމާ ސުވާލު ދެންނެވުނެވެ. އަދި ހިލަ އުކުމުގެ ކުރިން طَوَافُ الإِفَاضَة ކުރެވުނީތީވެ ސުވާލު ދެންނެވުނެވެ. އަދި ހަވީރުގެ ވަޤުތުގައި ހިލަ އުކުމާ މެދު ސުވާލު ދެންނެވުނެވެ. ސަބަބަކީ رَسُولُ الله صلى الله عليه وسلم ހިލަ އުއްކެވީ ހެނދުނު ޟުޙާ ވަޤުތުގައި ކަމަށް ވުމުންނެވެ.
ވުމުން މި ޢަމަލުތަކުގައި އިސްފަސް ވުމުގައި ޙައްޖުވެރިޔާއަށް ކުށެއް ނެތެވެ.
3. މި ހަތަރު عَمَلُ ގެ ތެރެއިން ތިން ޢަމަލުން ތަޙައްލުލު ވެވޭނެ އެވެ. އެއީ، ހިލަ އުކުމާއި، ބޯބޭލުމާއި، އަދި طَوَاف އެވެ.
ސަބަބަކީ މި (ތިން) ޢަމަލަކީ تَمَتُّعُ، قِرَان ކޮށް އަދި إِفْرَاد ކޮށް حَجُّ ކުރާ އެންމެހައި حَجُّ ވެރިން އަދާކުރަން ޖެހޭ عَمَلُ ތަކެކެވެ. އެހެނަސް ހަދްޔު ކަތިލުމާއި ތަޙައްލުލު ވުމާ އެއްވެސް ގުޅުމެއް ނުވެ އެވެ. ސަބަބަކީ އެއީ قِرَان ކޮށް އަދި تَمَتُّعُ ކޮށް حَجُّ ކުރާ މީހުންނަށް ލާޒިމްވެ އެހެނަސް إِفْرَاد ކޮށް ކުރާ މީހުންނަށް ލާޒިމްވެގެންވާ عَمَل އެއް ނޫނެވެ.
ތިން عَمَل ކޮށްފި މީހާއަށް ފުރިހަމަ ތަޙައްލުލެއް ލިބޭނެ އެވެ. އެގޮތުން އޭނާ އަށް އެންމެހައި ކަންތައްތަކެއް ޙަލާލު ވާނެ އެވެ. އޭގެ ތެރޭގައި އޭނާގެ އަނބިމީހާ ވެސް އޭނާ އަށް ޙަލާލު ވާނެ އެވެ. ތިން عَمَل ގެ ތެރެއިން ދެ عَمَل ފުރިހަމަ ކޮށްފި މީހަކީ ފުރަތަމަ ތަޙައްލުލު ޙާޞިލު ވެއްޖެ މީހެކެވެ. އަނބިމީހާ ފިޔަވާ އެހެން އެންމެހައި ތަކެއްޗެއް އޭނާ އަށް ޙަލާލު ވާނެ އެވެ.
4. ޢީދު ދުވަހުގައި ހިލައުކުން އެންމެ އަޥްލާވެގެންވަނީ އިރު އިރުމަށް ފަހުގައި އުކަން ފެއްޓުމެވެ. ފަތިސް ވުމަށްފަހު އިރު އެރުމުގެ ކުރިންވެސް ހިލަ އުކުން ހުއްދަވެގެންވެ އެވެ.
އެ ދުވަހުގެ ހިލަ އުކުން އިރު އޮއްސުމަށް ދާންދެން ދެމި އޮންނާނެ އެވެ. އަދި އިރު އޮއްސުމުގެ ކުރިން ހިލަ ނުއުކުނު މީހާއަށް އިރު އޮއްސުމަށް ފަހުގައިވެސް ހިލަ އުކުން ހުއްދަވެގެންވެ އެވެ.
5. ހިލަ އުކުމާއި ބޯ ބޭލުން އަދި ޠަވާފް (ހައްޖުގެ ޠަވާފް) ކޮށްފި މީހާ އެވަނީ ފުރިހަމަ ތަޙައްލުލުން ތަޙައްލުލު ވެފަ އެވެ.
އެހެނަސް އެ 3 ޢަމަލުގެ ތެރެއިން 2 ޢަމަލެއް ކުރީއެވެ. އެގޮތުން ހިލަ އުކައި ބޯ ބޭލީ އެވެ. އޭނާ އެހިނދު އެވަނީ އަނބިމީހާ ފިޔަވައި އެހެން އެންމެހައި ކަންތައްތަކެއް ޙަލާލުވެފަ އެވެ.
އޭނާ ޠަވާފްކޮށްފުމަށް ދާންދެން ފުރިހަމަ ތަޙައްލުލެއް ނުލިބޭނެ އެވެ.
ވުމުން، ޢީދު ދުވަހުގައި ބޮޑު ޖަމްރާއަށް ހިލަ އުކުމަށްފަހު، އޭނާގެ ބޯ ބާލައިފި މީހާއަށް، އޭނާގެ އިޙްރާމް ބާލައި އާދައިގެ ހެދުމުގައި ހުރެވޭނެ އެވެ.
އަދި އެގޮތުގައިހުރެ މައްކާއަށް ގޮސް ޠަވާފްކޮށް ސައުޔު ކުރީ އެވެ. އެހިނދު އޭނާ އެވަނީ ފުރިހަމަ ތަހައްލުލުން ތަޙައްލުލު ވެފަ އެވެ.
6. އޭނާ ޢީދު ދުވަހުގެ ރޭގަނޑުގެ ބޮޑު ބައި މިނާގައި ހޭދަކުރުމަށްޓަކައި މިނާގައި ހުންނަން ޖެހޭނެ އެވެ. ސަބަބަކީ އެއީ ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
