ޙައްޖަށް ނުވަތަ ޢުމުރާއަށް ދާތީ ގޭގެއަށް ސަލާމް ކުރުމަށް ދިއުންއެއީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙައްޖަށްދާތީވެ ނުވަތަ ޢުމުރާއަށް ދާތީވެ އެކަމާ ގުޅިގެން ގޭގެއަށް ސަލާމް ކުރުމަށް ދިއުމެއް ނޯވެ އެވެ.

މާނައަކީ، އެފަދައިން ދެކިގެން އެކަން ކުރުން ދީނުގައި ނެތެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ޙައްޖަށް ނުވަތަ ޢުމުރާއަށް ދިއުމުގެ ކުރިން ކިތަންމެ ބޮޑު ތަކްލީފެއް އުފުލައިގެންވެސް، އެ ޙައްޖެއް ނުވަތަ ޢުމުރާއެއް ފުރިހަމަ ޙައްޖެއް ނުވަތަ ޢުމުރާއަށް ވުމަށްޓަކައި ޢާއިލާގެ ތިމާގެ މީހުންނާއި އެނެމްހައި ފަރާތްތަކަށް ދަތުރުކޮށް ޒިޔާރަތްކޮށް ސަލާމް ކުރަން ޖެހެ އެވެ.

ދަންނަ އެވެ! ޙައްޖަށް އަދި ޢުމުރާއާ ގުޅިފައިވާ މިފަދަ ކަމެއް ނޯވެ އެވެ.

އިމާމް الْبُخَارِيُّ 2697 އަދި مُسْلِمٌ 171 ޞަޙާބިއްޔާ އުއްމުލް މުއުމިނީން عَائِشَةَ – رَضِيَ اللَّهُ عَنْهَا ގެ ރިވާކޮށްފައިވާ ނުހަނު މަޝްހޫރު ރިވާޔަތެއްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيسَ مِنْهُ، فَهُوَ رَدٌّ».

”އަހަރުމެންގެ މި (ދީނުގައި) ނުވާ އާ ކަމެއް މީހަކު އުފައްދައިފި ނަމަ، ފަހެ އެ ކަމެއް ވަނީ ރައްދު ކުރެވިގެންނެވެ.“

مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا، فَهُوَ رَدٌّ» އަދި އެހެން ރިވާޔަތެއްގައިވެ އެވެ.

އަދި މުސްލިމުގެ އެހެން ރިވާޔަތުގައި ވެ އެވެ. ”އަހަރުމެންގެ (ދީން) އެ ކަމެއްގެ މަތީގައި ނުވާ އަމަލެއް މީހަކު ކޮށްފިނަމަ، ފަހެ އެ އަމަލެއް ވަނީ ރައްދު ކުރެވިގެންނެވެ.“.“

އިސްލާމް ދީނުގައި ނުވާ ކަންތައްތައް އެ ދީނުގެ ތެރެއަށް ވެއްދުމަކީ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ. އަދި ކިޔެއްތަ! އެއީ ﷲ އެންމެ ބޮޑަށް ޙަރާމް ކުރައްވާފައިވާ ޢަމަލެކެވެ. އެހެން ވުމުން އެކަންކަމާއި ދުރުވުން ވާޖިބުވެގެންވެ އެވެ.

ﷲ ތަޢާލާ އަދި އެކަލާނގެ ރަސޫލާ އެކަމެއް ދޫކޮށްލައްވާފައިވާ ގޮތުގައި އެކަން ދޫކޮށްލަން ޖެހެ އެވެ.

ދެންއޮތީ، މީހަކު ދަތުރެއްގައި ދާތީވެ، ތަނަކަށް ފުރާތީވެ. ދަންނަ ފަރާތްތަކީ، ގާތް ތިމާގެ މީހުންނާއި ބައްދަލުކޮށްލުމާއި އެމީހުންނަށް ސަލާމް ކޮށް ހެދުމެވެ.

މިއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.

އެއީ، އެކަކު އަނެކަކުގެ ހިތަށް އުފާވެރިކަން ވެއްދުމާއި ހިތްހަމަޖެހުން ވެއްދުމުގެ ޤަޞްތުގައި ޒިޔާރަތްކޮށް ސަލާމްކޮށްލުން ވަންނާނީ އެހެން ހެޔޮ ޢަމަލެއްގެ ތެރެއަށެވެ.

މިފަދަ ޤަޞްދެއްގައި މިފަދައިން ޢަމަލު ކުރުން ވެ އެވެ.

އެހެނަސް އިސްވެ ބަޔާންކުރި ގޮތަށް، ޙައްޖާއި ގުޅިގެން ނުވަތަ ޢުމުރާގެ ދަތުރަކާއި ގުޅިގެން އެކަކު އަނެކަކާ ބައްދަލު ކުރަން ޖެހޭކަމާއި ފުރުމުގެ ކުރިން ސަލާމް ކުރަން ޖެހޭކަން، އެފަދައިން ދެކިގެން އެގޮތަށް އެއީ ކުރުމަށް އޮތް ކަމެއް ނޫނެވެ.

އެފަދައިން ޢަމަލު ނުކުރާނަމަ، ޙައްޖުގެ ޘަވާބާއި ދަރުމަ ނުވަތަ ޢުމުރާގެ ދަރުމައާއި ޘަވާބު މައްޗަށް އެއްވެސް އުނިއިތުރެއް އަންނާނެ ކަމުގައި ދެކުމެއްވެސް ނުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts