ރޯދަ ގެއްލޭ ކަންތައް ކުރުމުން ރޯދަ ގެއްލޭނީ ޝަރުޠު ތަކެއް ފުރިހަމަ ވުމުން

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚުންނޭވެ. ވަރަށްގިނަ އަޚުންނަށް ރޯދަ ގެއްލޭ ކަންތައްތައް ބަޔާންވެ އެކަމުގެ ޢިލްމު ލިބިފައިވެ އެވެ.

އެހެނަސް ދިމާވާ ޙާލަތެއްގެ ގޮތުން އެފަދަ ކަމެއް ކުރިމަތިވުމުން، އެ ރޯދަ ގެއްލޭ ކަންތަކަކީ ރޯދަ ގެއްލުވާނެ ސިފައެއް ކަމާއި މެދުގައި ވަނީ ޝައްކު އުފެދިފަ އެވެ. މިތަނުގައި ބަޔާން މި ކުރަނީ، އެއީ ރޯދަ ގެއްލޭ ކަމެއް ކަމެވެ. އެހެނަސް އެ ދިމާވި ޙާލަތާއި ގުޅިގެން އެއީ ރޯދަ ފަސާދަވާނެ ޙުކުމް އޭނާގެ މައްޗަކަށް ނުހިގާނެ ކަމެވެ.

ރޯދަ ގެއްލޭ އެއްވެސް ކަމަކުން، އޭގައި ތިން ޝަރުޠެއް ފުރިހަމަވުމުން މެނުވީ ރޯދައެއް ނުގެއްލޭނެ އެވެ. މި ތިން ޝަރުޠު އެއިން ކޮންމެ މައްޗަށް ފުރިހަމަވުމުން މެނުވީ ރޯދަވެރިޔާގެ ރޯދައެއް ނުގެއްލޭނެ އެވެ.

މި ޝަރުޠުތަކުގެ ތެރެއިން :

ފުރަތަމަ ޝަރުޠަކީ : އެއީ ޢިލްމެވެ. އެއީ ރޯދަވެރިޔާއަށް އެކަމަކީ އެއީ ރޯދަ ގެއްލޭކަމެއްކަން އެނގިފައިވުމެވެ. ޖާހިލެއްގެ ގޮތުގައިވެ، އެއީ ރޯދަގެއްލޭ ކަމެއްކަން ނޭނގިހުރެ، އެކަމެއް ކޮށްފިހިނދު އޭނާގެ މައްޗަށް އެއްވެސް ޙުކުމެއްނުވެ އެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ.

ދެވަނައީ : (ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއްކޮށްފިހިނދު، އޭނާ ރޯދަ ގެއްލޭނީ) ހަނދާންހުރެ އެކަމެއް ކުރުމެވެ. ރޯދަވެރިޔާ ރޯދައަށްހުރެ، ހަނދާންނެތިގެން ރޯދަ ގެއްލޭ ކަމެއްކޮށްފި ހިނދު، މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވާ އެންމެ ޞައްޙަގޮތަކީ، އޭނާގެ ރޯދައަށް އެއްވެސް ގެއްލުމެއްނެތެވެ.

މިޘާލަކަށް ކެއުމާއި ބުއިމެވެ. ފަހެ، މިއީ ޞަރީޙަ ނައްސުން ބަޔާންވެގެންވާ ކަމެކެވެ. ހަނދާނެތި، ރޯދަ ގެއްލޭ ކަމެއް، އެއީ ކެއިން ބުއިން ކަމުގައިވީނަމަވެސް ނުވަތަ އެހެން ޢަމަލެއް ކަމުގައިވީނަމަވެސް އެކަން އެ ސިފައިގައި ކުރެވިއްޖެހިނދު އެނާގެ ރޯދައަށް އަޘަރެއް ނުކުރާނެ ކަން ދަންނަ ހުއްޓެވެ.

މި ޝަރުޠުތަކުގެ ތެރެއިން ތިންވަނަ ޝަރުޠަކީ : އިޚްތިޔާރުގައި އެކަމެއް ކުރުމެވެ. ރޯދަގެއްލޭ އެއްވެސް ކަމެއް އޭނާއަށް މަޖްބޫރުކޮށްގެން ކޮށްފިހިނދު، އޭނާއަށް އެކަމުގައި އެއްވެސް ގެއްލުމެއް ނުވެ އެވެ. އަދި އޭނާގެ ރޯދަ ފުރިހަމަކުރުން ހުއްޓެވެ. ކޮންމެހެންވެސް މި ތިން ޝަރުޠު ފުރިހަމަވާން ޖެހޭނެ އެވެ. މި ޝަރުޠުތައް ފުރިހަމަވެއްޖެހިނދު އެއީ ރޯދަގެއްލޭނެ ކަމެއްގެ ގޮތުގައިވެ އެވެ.

ރޯދަގެއްލޭ އެންމެ ފުރަތަމަ ކަމަކީ، ކެއުމާއި ބުއިމެވެ. އަދި އެމާނައިގެ ތެރެއަށް ވަންނަ އެންމެހައި ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނިގެންވެ އެވެ. މީގެ ތެރެއަށް ބަލިމީހުންނަށް ދެވޭ އިންޖެކްޝަންގެ ތެރޭގައިވާ އައިވީ އިންޖެކްޝަން ހިމެނިގެންވެ އެވެ. ކެއުމާއި ބުއިމުގެ އެއްޗެއް ފަދައިން ހިމެނި، އެއީ ރޯދަ ގެއްލޭ އެއްޗެއްގެ ގޮތުގައިވެ އެވެ.

އެހެނަސް އައިވީ އިންޖެކްޝަން ނޫން އިންޖެކްޝަން، މިޘާލަކަށް އިންސިއުލިން ނުވަތަ އެންޓިބައޮޓިކް އަށް ދެވޭ އިންޖެކްޝަން އެއީ ރޯދަގެއްލޭ ތަކެތީގެ ތެރޭގައި ނުހިމެނޭނެ އެވެ. ސަބަބަކީ އެއީ ކެއުމާއި ބުއިމުގެ ޙުކުމުގައިވ އެއްޗެއްގެ ގޮތުގައިނުބެލެ އެވެ. މިއީ މިކަމުގެ މައްޗަށް އަހަރުމެންގެ ޢިލްމުވެރިން رحمهم الله ވިދާޅުވެފައިވާ ބަސްފުޅެވެ.

ފަހެ، މި ތިން ޝަރުޠު ފުރިހަމައަށް ފަހުމް ވެއްޖެހިނދު، އެންމެހައި މައްސލަތަކަށް އޭނާއަށް ޖަވާބު ލިބިގަތުމަށް ނުހަނު ފަސޭހަވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply