ނަމާދުގައި އަތްއުފުލުން ވާރިދުވެގެންވާ ތަންތަނަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ނަމާދުގައި ކޮނޑާއި ހަމައަށް އަތް އުފުލުމަށް އޮތް ދަނޑިވަޅުތައް 4 ކެވެ.  

މިއީ ޞައްޙަ ސުންނަތުގެ ދަލީލުތަކުން ވާރިދުވެފައިވާ ދަނޑިވަޅުތަކެވެ. 

އިމާމް  البخاري (735)، އަދި مسلم (390) ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ((أنَّ رسولَ اللهِ صلَّى اللهُ عليه وسلَّم كان يرفَعُ يديه حَذْوَ مَنْكِبَيْهِ إذا افتَتَح الصَّلاةَ، وإذا كبَّرَ للرُّكوعِ، وإذا رفَعَ رأسَه مِن الرُّكوعِ رفَعَهما….) ”ހަމަކަށަވަރުން ނަބިއްޔާ ﷺ  ނަމާދު ފަށްޓަވާ (ހުޅުއްވަވާހިނދު) ދެއަތްޕުޅު ކޮނޑުފުޅާ ހަމައަށް އުފުއްލަވަ އެވެ. އަދި އަދި ރުކޫޢަށް ވަޑައިގެންނެވުމަށް ތަކްބީރު ވިދާޅުވަމުންނެވެ. އަދި ރުކޫޢުއިން އިސްތަށިފުޅު އުފުއްލަވައި ތެދުވަޑައިގަންނަވަމުންވެސް ދެއަތްޕުޅު އުފުއްލަވެ އެވެ..“ 

އިސްވެ ބަޔާންވި ހަދީޘްގައި 3 ތަނެއްގައި އަތްޕުޅުއުފުއްލަވާކަން ބަޔާންވެގެންވެ އެވެ.   

އެއީ : ނަމާދު ކުރަން ފަށްޓަވާހިނދު، ރުކޫއަށް ދިއުމުގައި އަދި ރުކޫޢުއިން ތެދުވާހިނދުގަ އެވެ.  

މިފަދައިން ހަތަރުވަނަ ދަނޑިވަޅެއްގައި އުފުއްލަވާކަން ސުނަނުގައި ވާރިދުވެފައިވާ ޙަދީޘްގައި ޛިކުރުވެގެންވެ އެވެ.  

އިމާމް أبو داود (730)، الترمذي (304)، އަދި النسائي1181 ޞަޙާބީ  أبي حُمَيدٍ السَّاعديِّ ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (كان النبيُّ صلَّى اللهُ عليه وسلَّم إذا قام من السَّجدَتينِ كبَّرَ، ورفَعَ يَدَيه حتى يحاذِيَ بهما مَنكِبَيه، كما صنعَ حين افتتَحَ الصَّلاةَ  ”ނަބިއްޔާ صلَّى اللهُ عليه وسلَّم ފުރަތަމަ ދެ ރަކުޢަތް ކުރައްވައި އައްތަހިޔާތު ވިދާޅުވުމަށްފަހު، -ތިންވަނަ ރަކުޢަތަށް ތެދުވެވަޑައިގަންނަވާހިނދު- ކޮނޑުފުޅާހަމައަށް ދެއަތްޕުޅު އުފުއްލަވަ އެވެ. އެއީ ނަމާދަށް ފައްޓަވާހިނދު ދެއަތްޕުޅުއުފުއްލަވާ ފަދައިންނެވެ.“ 

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.  

”(ނަމާދުގައި) ދެއަތް އުފުުލުން އޮތީ 4 ދަނޑިވަޅެއްގަ އެވެ. ޙަރަމްބަން ތަކްބީރު ކިޔާހިނދު ގަ އެވެ. ރުކޫޢަށް ދާ ހިނދުގަ އެވެ. ރުކޫޢިން ތެދުވާހިނދު އެވެ. އަދި ފުރަތަމަ އައްތަހިޔާތު ކިޔައި އަނެއް ރަކުޢަތަށް ބަދަލުވާ ހިނދުގަ އެވެ.“ 

الشرح المتع 3- 214 

ދަންނަ އެވެ. މި ނޫން ދަނޑިވަޅެއްގައި އަތް އުފުލުން ވާރިދުވެގެންނުވެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply