އިމާމް ޝަރުޢީ ގޮތުން ހުއްދަވެގެންވާ ޢުޛުރެއް (ޙަދަޘަވެރިވުން) ދިމާވެ ނަމާދު ދޫކޮށް ނުކުތުމުން ޢަމަލު ކުރާނީ ކިހިނެތްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:    

ޖަވާބުގައި ދެ ޙާލަތެއްގައި ނުކުތުން ވެ އެވެ.    

ފުރަތަމައީ : ދެމީހަކު ނަމާދު ކުރަން ތިއްބާ އިމާމު ޝަރުޢީ ޢުޛުރެއް ދިމާވެ ނުކުމެއްޖެނަމަ، މައުމޫމު އަމިއްލައަށް އެކަނި ހުރެ ނަމާދު ފުރިހަމަ ކުރާނީ އެވެ. މިއީ ޖުމްހޫރު ފިޤުހުވެރިންގެ ބަސްފުޅެވެ.     

ދެވަނަ ޙާލަތަކީ ބޮޑު ޖަމާޢަތެއްގައި ނަމާދުކުރަނިކޮށް އިމާމް އެފަދަ ޙާލަތެއް ދިމާވެގެން ނުކުތުމެވެ.  

ފަހެ، މި ޙާލުގައި އިމާމްގެ ބަދަލުގައި މައުމޫމުންގެ ތެރެއިން މީހަކު އެ މަޤާމަށް އަރައި އިމާމްގެ ގޮތުގައިވެ ނަމާދު ކުރިއަށް ގެންދާނީ އެވެ.  މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ.  الحنفية ، المالكية  އަދި الشافعية މަޛްހަބުގެ ޤައުލެވެ.   

އަދި މި ޤައުލަކީ الإمام أحمد ގެ އެއް ރިވާޔަތެވެ.   

ފަހެ، ނުކުތް އިމާމް މިފަދައިން ބުނުމުން މައްސަލައެއް ނެތެވެ. ”ފަހަތުގައިވާ މީހާއަށް އިޝާރަތްކޮށް ބުނާނީ އެވެ. ”މިވެނި މީހާ އެވެ! ކުރިއަށް ޖެހި މީސްތަކުންނާއިގެން ނަމާދު ކުރާށެވެ.“ މިއީ މި ކަމުގައި އޮތް ޞައްޙަ ގޮތެވެ. ފަހެ، އިމާމް ވުޟޫގައި ނެތި ނަމާދު ފެށީ އެވެ. އަދި ނަމާދުގައި ހުއްޓާ ހަނދާން ވުމުންވެސް ޢަމަލު ކުރާނީ މިފަދައިންނެވެ. މިކަމަށް ދަލީލު ކުރެވޭ އެއް ދަލީލަކީ، އުއްމަތުގެ ދެވަނަ ޚަލީފާ عمرُ  بن الخطاب -رحمه الله- ފަތިސް ނަމާދުގައި ވަނިކޮށް  أبو لؤلؤة المجوسي ހަންޖަރުން ޙަމަލާތަށް ޞަޙާބީގެ ހަށިކޮޅަށް ދިނުމުން އެ މަޤާމަށް ޞަޙާބީ عبدَالرحمن بن عوف -وضي الله عنه- އިމާމްގެ މަޤާމަށް އެހިނދު އަރާވަޑައިގެން- ނަމާދު ކުރިއަށް ގެންދިއުމެވެ.  

އަދި އެގޮތުން ފަތިސް ނަމާދު ފުރިހަމަ ކުރެއްވި އެވެ. (މި ރިވާޔަތް ބުޚާރީގައި ބަޔާންވެގެންވެ އެވެ.)   

މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުން އަދި ފިޤުހުވެރިންވެސް މިފަދައިން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި الإمام ابن بَاز-رحمه الله   އަދި  العلامة ابن العثَيمِين- رحمه الله- މިފަދައިން ދެކެވަޑައިގަންނަވަ އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply