ޒަމްޒަމް ފެނުގެ މާތްކަމަކީ ކޮބާތޯއެވެ؟ އަދި އެފެން ބޯއިރު ކިއުން ޙާއްސަ ދުޢާއެއްވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޒަމްޒަމް ފެން ބުއިން މުސްތަޙައްބުވެގެންވެ އެވެ.
މި ފެނަކި ﷲ سبحانه وتعالى ، إِسْمِاعيل އަށް އަދި އެނަބިއްޔާގެ މަންމާފުޅު هَاجَر އަށް ނެރެދެއްވި ފެނެވެ. އަދި ﷲ ގެ އިރާދަފުޅާއި، ފަޟްލުވަންތަވެރިކަމާއި އިޙްސާންތެރިކަމުން އެފެން މެދުކެނޑުމެއް ނެތި އެގޮތުގައި އަރަމުންދެ އެވެ. މި ޙާދިޘާ البُخَاري (3364) ގައިވެ އެވެ.
النَّبِيُّ صلى الله عليه وسلم حَجَّة الوَدَاع ގައި طَوَاف ކުރެއްވުމަށްފަހު އަދި المَقَام ފަހަތުގައި ދެރަކްޢަތް ކުރެއްވުމަށްފަހު زَمْزَم ފެން ހިއްޕަވާ އެ زَمْزَم އިސްތަށިފުޅަށް އެޅުއްވިކަމަށް مُسْنَد الإِمَام أَحْمَد (15243) ގައި جَابِر -رضي الله عنه- އަރިއަހުން ރިވާވެގެންވެ އެވެ. އަދި صَحِيحُ مُسْلِم (2950) ގައި جَابِر -رضي الله عنه- އަރިއަހުން ރިވާކުރައްވާފައިވާ النَّبِيُّ صلى الله عليه وسلم ގެ حَجَّة الوَدَاع ގެ ދިގު حَدِيث އަށްފަހު زَمْزَم ފެން ހިއްޕެވި ކަމުގައިވެ އެވެ.
صَحِيحُ مُسْلِم (2950) ގައި أَبُوذَرٍّ -رضي الله عنه- އަރިއަހުން ދިގު حَدِيث އެއްގައި ވާރިދުވެގެންވެ އެވެ. حَدِيث ގައިވެ އެވެ. (إنها مباركة، إنها طعام طعم) ”ހަމަކަށަވަރުން އެއީ ބަރަކާތްތެރި ފެނެކެވެ. ހަމަކަށަވަރުން އެއީ ކެއުމަށް ބޭނުންކުރާ މީހަކަށް އޮތް ކެއުމެކެވެ.“ އަދި أَبُوْ دَاود الطيَالِسِيْ مُسنَد (459) ގައި مُسْلِم އަށް ސަނަދުކޮށް ރިވާކުރައްވާފައިވާ ރިވާޔަތުގައި އިތުރަށް ވެއެވެ. (وشِفَاءُ سُقْمٍ) ”އަދި ބަލިތަކަށްވާ ޝިފާއެކެވެ.“
އަދިވެސް މިފެނުގެ މާތްކަމާ މެދުގައި جَابِر -رضي الله عنه- ގެ އަރިއަހުން حَدِيث ވާރިދުވެގެންވެ އެވެ. (مَاُء زَمْزَمَ لِمَا شُرِبَ لَهُ) ”زَمْزَم ފެނަކީ އެބުއި ކަމަކަށް އޮތް ފެނެއް ކަމުގައިވެ އެވެ.“
ޙަދީޘްއިން ބަޔާންވެގެންވަނީ ޒަމްޒަމް ފެނަކީ ބުއި ކޮންމެ ކަމަކަށް އޮތް ފެނެއް ކަމެވެ. ޝިފާއަށް ބޯ މީހާއަށް ޝިފާ އެވެ. ވަކި ކަމަކަށް ދުޢާ ކުރާ މީހާއަށް އެކަމެކެވެ. އެ ފެނުގެ ބަރަކާތަށް ބޯ މީހާއަށް އެ ނިޔަތެވެ. ބުއިކަމަށް އޮތް ފެނެކެވެ. މި حَدِيث عِلْمُ ގެ أَهل ވެރިންގެ ތެރެއިން ބައެއް ބޭކަލުން ޙަސަން ދަރަޖަދެއްވި އެވެ. އަނެއްބައި ބޭކަލުން صَحَّ ކުރެއްވިއެވެ. الأَلْبَانِي -رحمه الله-ގެ إِرْواء الغَلِيل ގައިވެ އެވެ.
ابن القَيِّم، زَاد المَعَاد (392-4) ގައި ވިދާޅުވެފައިވެ އެވެ. ”زَمْزَم ފެނަކީ އެންމެހައި ފެންތަކުގެ މައްޗަށް މަތިވެރިވެގެންވާ ފެނެކެވެ. އަދި އެއީ އެންމެ ޝަރަފުވެރި، އެންމެ ހެޔޮ އަދި އެންމެ ޤަދަރު ލިބިގެންވާ ފެނެވެ. އަދި ނަފްސުތަކަށް އެންމެ ލޮބުވެތިވެގެންވާ އެންމެ އަގުބޮޑު ފެނެވެ. އަދި މީސްތަކުންގެ ގާތުގައި އެންމެ އަގުހުރި ފެންކަމުގައިވެ އެވެ.“
މިފަދަ ރިވާޔަތްތައް ވާރިދުވެގެންވާ ހިނދު، ޘާބިތު ޞައްޙަ ޚަބަރުތައް ނަބިއްޔާގެ އަރިހުން ބަޔާންވެގެންވީ ހިނދުވެސް، އެ ފެން ބޯ މީހާއަށް ޚާއްޞަ ދުޢާއެއް ކިޔުމެއް ޘާބިތެއް ނުވެ އެވެ.
އެހެނަސް އެމީހަކު ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ވާ ކޮންމެ ދުޢާއެއް ކިޔުމުގެ ދޮރު ހުޅުވިގެންވެ އެވެ. ޚާއްޞަ ދުޢާއެއް ނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.