3 ފަށްވެފައިވާ އަންހެނާ ފަށްނުކަނޑައި ހުއްޓާ މަރުވުމުން އެއްވެސް ފާފައެއް ވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ވަރިވެ 3 ފަށް ވެފައިވާ އަންހެނާ އެހެން މީހަކާ ކައިވެނިކޮށް ފަށް ފިލުވަން ޖެހޭނެތޯ،

މި ސުވާލުގައި ނުކުތާތަކުގެ މައްޗަށް ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : އަންހެނަކު ފަށް ވުމަށް ފަހުގައި އެ ފަށްވި ފިރިހެން މީހާއަށް އެ ފަށްވި އަންހެން މީހާ ޙަރާމް ވެގެންވާކަމެވެ.

ހަމައެކަނި ޙަލާލުވަނީ އަންހެން މީހާ ދިރިއުޅުމަށް (ދިރިއުޅުމަށްޓަކައި، އެހެން މީހަކާ ކައިވެނިކުރުމަށްފަހު) އެ ކައިވެނި ރޫޅިގެން ދިއުމުން، 3 ފަށަށް ވަރިކުރި މީހާއާ އެހިނދު ކައިވެެނި ކުރެވޭނެ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ. (فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ )

ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކައިވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ. ”

-އެހެން ފިރިޔަކާ ކައިވެނި ކުރުމުގެ މާނައަކީ، ދިރިއުޅުމެއް އުޅުމުގެ ޤަޞްދުގައި ކައިވެނި ކުރާ ވާހަކަ އެއްވެ.-

އެއީ ފަށްކަނޑަން އެއްބަސްވެގެން ކުރާ ކައިވެނީގެ ވާހަކަ އެއް ނޫނެވެ.

ދެވަނައީ : ފަށްކެނޑުމަށްޓަކައި ކުރާ ކައިވެނީގެ މައްޗަށް ދީނުގައި ވަރަށް ސާފު ޞަރީޚަ ޙުކުމް ބަޔާންވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (لعنَ اللَّهُ المُحلِّلَ والمُحلَّلَ لَهُ)

”ފަށްކަނޑައިދޭ މީހާ އާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް ﷲ ލަޢުނަތްލެއްވި އެވެ.“ صحيح ابن ماجه 1585

ލަޢުނަތް ލެއްވިފައި ވުމުން މި ޢަމަލަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ފާފައެއްްކަން ބާޔަންވެގެންވެ އެވެ. ފަށްކެނޑުމުގެ ނިޔަތުގައި ކުރާ އެއްވެސް ކައިވެންޏަކީ ފަށްކެނޑޭނެ ކަމެއް ނޫނެވެ. ދަންނައެވެ! މިއީ ޙަރާމްވެގެންވާ ކައިވެންޏެއް ކަމުގައި ވުމުން، ފުރަތަމަ ނުކުތާގައި އޮތް އާޔަތުގައިވާ :ކައިވެނީ: ތެރެއަށް މިއީ ވަންނާނެ ކައިވެންޏެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ.

ތިންވަނައީ :

ތިންފަށް ވުމަށްފަހު އެ އަންހެންމީހާ ކައިވެނި ނުކޮށްފިނަމަ އެވެނި މިވެނި ކަމެއްވާނެ ކަމަށް ބުނަން އެކަމަކީ އޭގެ ސަބަބުން ފާފަވެރިވާނެފަދަ ފާފައެކޭ ބުނަން އެއްވެސް ދަލީލެއް ނެތެވެ.

އެހެނީ މި ހާލުގައި އެކަން ރުޖޫޢަވަނީ އަސްލުގައި ކައިވެނި ކުރުމުގެ ހުކުމަށަވެ .

ظاهرية ކައިވެނި ކުރުމަކީ ވާޖިބެއް ކަމުގައި ބުނި ކަމުގައި ވީ ނަމަވެސް ދަލީލުތަކުން ފާޅުގެންވާ އެންމެ ރާޖިހު ގޮތަކީ ކައިވެނި ކުރުމުގެ އަސްލަކީ ޖުމްހޫރު އިލްމުވެރީން ވިދާޅުވާ ގޮތިގައި މުސްތަހައްބު ކަމެކެވެ.

ހަތަރުވަނައީ : އަސްލުގައި ކައިވެނި ކުރުމަކީ މުސްތަހައްބު ކަމެއް ކަމުގައި ވިޔަސް ތަފްސީލު ހާލަތްތަކުގައި އެކި ހުކުމްތަކަށް ބެހިގެންދެއެވެ އެމީހެއްގެ ކިބައިގައި ކައިވެނިކުރުމުގެ ކުޅަދާނަކަން ހުރެ ޒިނޭގެ މުޑުދާރުވެގެންވާ އަމަލުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ހީވާކަމުގަވާ ނަމަ އިއްފަތްތެރިކަން ހާސިލްކުރުމުގެ ގޮތުން ކައިވެނިކުރުން ވާޖިބުވާނެއެވެ

ފަސްވަނައީ : އެހެންކަމުން ތިންވެފައިވާ އަންހެނަކާ އެހެން ފަރާތްތައް ތަފާތުވެގެންވާ ކަން ބަޔާންބެގެންވާ އެއްވެސް ދަލީލެއް ނުދަންނަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply