wudhoo

ވުޟޫކޮށްގެން ހުރި މީހެއްގެ ހަށިގަނޑުގައި ނަޖިހެއް އުނގުޅުމުން ވުޟޫ ކުރަން ޖެހޭނެ ތޯ އެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ވުޟޫ ގެއްލޭ ކަންތައްތައް ބަޔާންވެގެންވެ އެވެ.  

އެގޮތުން ވުޟު ގެއްލޭ ކަންތައްތަކުގެ ތެރޭގައި:

1.ދެ ދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވުން.  އަންހެނާގެ ކުރިމަތި ފަރާތުން ވައި ބޭރުވުމުން އެއީ ވުޟޫ ގެއްލޭ ސަބަބެއް ނޫނެވެ. 

2. ބުއްދި ފިލައިގެން ދިއުމެވެ. އޭގެ ތެރޭގައި ނިދުމާއި، ހޭނެތުމާއި މަސްތުވެ ބުއްދިފިލައި ދިއުންކަމުގައިވީނަމަވެސް އެވެ. 

4. ކުރިމަތި ފަރާތުގައި ޝަހުވަތާއި އެކުގައި ބީހުން. (ކުރިމަތި ފަރާތުގައި ބީހިއްޖެ މީހާ ވުޟު ކުރުންވެސް ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. އެހެނަސް ވާޖިބުވާ ޙާލަތަކީ މި މައްސަލައިގައި މިފަދައިން ކަމުގައި ދެކެމެވެ.)   

5. ޖަމަލުމަސް ކެއުމެވެ. (މައްސަލައިގެ ޚިލާފް އޮތުމާއި އެކުގައިވެސް، އެންމެ ޞައްޙަ ބުނުމަކީ މިފަދައިން ކަމުގައިވެ އެވެ.)  

އަދި މީ ނޫން ސަބަބުތައްވެސް ފިޤުހުގެ ފޮތްތަކުގައި ޢިލްމުވެރިން މެދުގައި ޚިލާފްވެގެންވާ ކަންތައްތައްވެ އެވެ.  

އެހެނަސް، ދަންނަ އެވެ. ވުޟު ކޮށްގެން ހުރި މީހެއްގެ ހަށިގަނޑުގައި ނަޖިސް އެއްޗެއް އުނގުޅުން އެއީ އޭނާގެ ވުޟު ގެއްލުވާނެ ކަމެއް ނޫނެވެ. އޭގެ އެންމެ ބޮޑަށްވެސް އޭނާގެ މައްޗަށް އޮތީ އެ ނަޖިސް ހަށިގަނޑުން ފިލުވުމެވެ. އޭނާގެ ވުޟޫއަށް އޭގެ ސަބަބުން އަޘަރެއް ނުކުރާނެ އެވެ.  

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ވުޟު ކުރުމަށްފަހުގައި އިންސާނާގެ ހަށިގަނޑުގައި ނަޖިސް އުނގުޅިއްޖެހިނދު، އެގޮތުން ކުޑަ ކުއްޖެއްގެ ކުޑަކަމުދާތަކެތި ނުވަތަ އެނޫންވެސް ނަޖިހެެއް އުނގުޅުނީ އެވެ. ފަހެ، ހަމަކަށަވަރުން އެމީހާއަށް އެނަޖިސް ޖެހުނުތަން ދޮވެލުމުން ފުދޭނެ އެވެ. ވުޟު އަލުން އިއާދަކުރާކަށް ނުޖެހޭނެ އެވެ. އަދި ކިޔެއްތަ! އޭނާގެ ފޭރާމުގައި ހަށިގަނޑުގައި ޖެހުނުތަން ދޮވެލުމެވެ. ވުޟޫ އަލުން ކުރުމެއް ނުވެ އެވެ. އެހެނަސް އެނަޖިސް ބޭރުވީ އޭނާގެ އަމިއްލަ ހަށިގަނޑުން ކަމުގައިވާނަމަ، އެހިނދު އެނަޖިސް ދޮވެ، ހަށިގަނޑުން ފިލުވައި ވުޟޫ ކުރަންޖެހޭނެ އެވެ. އެހެނަސް އޭނާ ގެންގުޅުނު ކުޑަކުއްޖެއް ނުވަތަ އެހެން މީހެއް ގެންގުޅުނު ކުޑަކުއްޖެއްގެ ފަރާތުން ނުވަތަ ނަޖިސް އޭނާގެ ހަށިގަނޑުގައި ޖެހުނީ އެވެ. އެހިނދު ދޮވެލުން ހުއްޓެވެ. އޭނާގެ ވޫޟޫ ޞައްޙަ އެވެ.“  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply