ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ނުކުރާނަމަ ނަމާދު ބާތިލްވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމާއި އަދި އެމައްސަލައިގެ ޙުކުމާއި މެދުގައި ބުނެމެވެ.
ހަތް ގުނަވަނު މައްޗަށް ސަޖިދަ ކުރުމަށް އަމުރުފުޅު ކުރައްވާ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
رَسُولُ اللَّهِ ﷺ: «أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ – وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ
رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަ ކުރައްވަން ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެ އެވެ. އެއީ ނިތްކުރި، (އަދި ނަބިއްޔާ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރާތް ކުރެއްވި އެވެ.) އަދި ދެ އަތާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކެވެ.“
މި ޙަދީޘް އިމާމް البخاري (812) އަދި مسلم (490) ރިވާ ކުރެއްވި އެވެ.
އަދިވެސް ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމަށް ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި ވެ އެވެ. އިމާމް مسلم ރިވާކޮށްފައިވާ ޙަދީޘްގެ ލަފްޟުގައިވެ އެވެ. (إذا سَجَدَ العَبْدُ سَجَدَ معهُ سَبْعَةُ أطْرافٍ: وجْهُهُ، وكَفّاهُ، ورُكْبَتاهُ، وقَدَماهُ) ”އަޅާ ސަޖިދަ ކުރާހިނދު ހަތް ގުނަވަނެއް ސަޖިދަކުރެ އެވެ. އޭނާގެ މޫނާއި، ދެއަތްތިލައާއި ދެ ކަކުލާއި އަދި ދެ ފައިތިލަ އެވެ.“
އިމާމް أبوداود ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. (إذا سجدَ العَبدُ سجَدَ علَى سَبعةِ آرابٍ : وجهِهِ ، وَكَفَّيهِ ، ورُكْبتيهِ ، وقدَميهِ) ”އަޅާ ސަޖިދަ ކުރާހިނދު ހަތް އާރާބް -އެބަހީ ހަތް ގުނަވަނެއް- ސަޖިދަ ކުރެ އެވެ. އޭނާގެ މޫނާއި، ދެ އަތްތިލައާއި، ދެ ކަކުލާއި އަދި ދެ ފައިތިލަ އެވެ.“
ބައެއް ޙަދީޘްފުޅުގައި ވަރަށް ޞަރީޙަކޮށް އަމުރުފުޅު ބަޔާންވެގެންވެ އެވެ. އޭގެ ތެރޭގައި (أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ:..) ”ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމަށް ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެއްވިގެންވެ އެވެ…“
ފަހެ، ނަބިއްޔާއަށް އަމުރުފުޅު ކުރައްވާފައިވަނީ ﷲ ތަޢާލާ އެވެ.
ވުމާއެކު، ބަޔާންވަނީ 7 ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމަކީ ﷲ އަމުރުފުޅު ކުރައްވާފައިވާ އަމުރުފުޅެކެވެ. ޚިލާފްވުން އެކަކަށްވެސް ހުއްދައެއް ނުވާނެ އެވެ.
އުއްމަތުގެ ބޮޑެތި މަޛްހަބުތަކުގެ ފުޤަހާއިންގެ ތެރެއިން އިމާމް أحمد މި ރައުޔު ދެކެވަޑައިގަންނަވަ އެވެ. އަދި މިއީ الشافعي މަޛްހަބުގައިވެސް ބަޔާންވެގެންވާ ގޮތެވެ. އަދި المالكية ގެ ޤައުލެކެވެ.
އަދ މި ބަސްފުޅަކީ ވަރަށްގިނަ ސަލަފުއް ޞާލިޙުންގެ އިމާމުން ޛިކުރުކޮށްފައިވާ ބަސްފުޅެކެވެ. އޭގެ ތެރޭގައި، سعيد بن جبير، إبلااهيم النخعي، إسحاق بن راهويه، الأوزاعي މި ނޫނަސް ގިނަ ބޭކަލުންނެއް ވިދާޅުވެފައިވެ އެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު ފިޤުހު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام ابن باز އަދި الإمام ابن العثيمين މި ބަސްފުޅު އިޚްތިޔާރު ކުރެއްވި އެވެ.
އެބޭކަލުންގެ ބަސްފުޅަކީ : އެއީ، ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ނުކުރާމީހާގެ ސަޖިދައަކީ ޞައްޙަ ސަޖިދައެއް ކަމުގައި ނުވާނެ ކަމާއި، އޭނާގެ ސަޖިދަ ބާޠިލްވާނެ ކަމެވެ. އަދި ސަޖިދަ ބާޠިލްވެއްޖެހިނދު އޭނާގެ ނަމާދު ޞައްޙަ އެއް ނުވާނެ އެވެ.
އިސްވެ ބަޔާންކޮށްފައިވާ ދަލީލުތަކަކީ މި ބަސްފުޅަށް ދަލިލު ކުރެވޭ ހުއްޖަތްތަކެވެ. ދަލީލުތަކެވެ.
އަދިވެސް އެފަދަ ދަލީލު ތަކުގެ ތެރޭގައި އިމާމް ابن ماجه އަދި الإمام أحمد މުސްނަދުގައި ރިވާކޮށްފައިވާ ޞަހާބީ ابن عمر -رضي الله عنهما- ގެ ހަދީޘް ހިމެނެ އެވެ. ރިވާޔަތުގައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (إنَّ اليدَينِ تسجُدانِ كما يسجدُ الوجْهُ ، فإذا وضعَ أحدُكم وجْهَهُ ، فليضع يدَيهِ ؛ وإذا رفعَهُ ، فليرفعْهُما) ”ހަމަކަށަވަރުން މޫނު ސަޖިދަ ކުރާ ފަދައިން ދެ އަތްތިލަވެސް ސަޖިދަ ކުރެ އެވެ. ފަހެ، ތިޔަބައިމީހުން ކުރެ މީހަކު އޭނާ -ސަޖިދަކޮށް- މޫނު ޖައްސާހިނދު އޭނާގެ ދެއަތް ޖެއްސުން ހުއްޓެވެ. އަދި މޫނު އުފުލާހިނދު ދެއަތްވެސް އުފުލުން ހުއްޓެވެ.“
އަދިވެސް މި އެންމެހައި ގުނަވަންތަކުގެ މައްޗަށް ސަޖިދަ ކުރުން ވާޖިބުވެންވާކަން ދަލީލު ކުރޭ ޙުއްޖަތްތަކުގެ ތެރޭގައި، އިމާމް دار قطني ސުނަނުގައި ރިވާކޮށްފައިވާ ޙަދީޘްވެ އެވެ. (لا صلاةَ لِمن لم يضَعْ أنْفَه على الأرضِ) ”އެމީހެއްގެ ނޭފަތް (ސަޖިދަ ކުރާހިނދު) ބިންމަތީގައި ނުޖައްސާ މީހާއަށް ނަމާދެއް ނުވެ އެވެ.“
އަދި دار قطني ރިވާކޮށްފައިވާ އެހެން ލަފްޟެއްގައި ވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (لا صلاةَ لِمن لا يُصِيب أنفُهُ من الأَرضِ ما يُصِيبه من الجَبِين) ”(ސަޖިދައިގައި) އެމީހެއްގެ ނިތްކުރި ބިންމަތީގައި ޖެހޭފަދައިން ނޭފަތް ބިންމަތީގައި ނުޖެހޭ މީހާއަށް ނަމާދެއް ނުވެ އެވެ.“
މީގެ އިތުރަށް އިމާމް دار قطني އަދި އިމާމް عبد الرزاق ، އުއްމުލް މުއުމިނީން عَائِشَة -رضي الله عنها- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. އެކަމަނާ ވިދާޅުވި އެވެ. ނަބިއްޔާ ﷺ އަށް ނަމާދުގެ ސަޖިދައިގައި ނޭފަތް ބިންމަތީގައި ނުޖައްސާ އަންހެނަކު ފެނިވަޑައިގެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. ”އޭ ކަމަނާ އެވެ! ކަމަނާގެ ނޭފަތް ބިންމަތީގައި ޖެއްސުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން، ނަމާދުގައި އެމީހެއްގެ ނިތްކުރި ބިންމަތީގައި ޖެހޭފަދައިން ނޭފަތް ނުޖައްސާ މީހާއަށް ނަމާދެއް ނުވެ އެވެ.“
އިސްވެ ބަޔާންވެގެންވާ އެންމެހައި ދަލީލުތަކަކީ ސަޖިދައިގައި 7 ގުނަވަން ޖެއްސުމަށް އަމުރުވެގެންވާކަން ބަޔާންވެގެންވާ ދަލީލުތަކެވެ.
އިމާމް النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ގުނަވަންތަކުން ގުނަވަނެއް ދޫކޮށްލައިފި މީހާ – އެ ގުނަވަން ސަޖިދައިގައި ނުޖައްސާ މީހާ- އޭނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.“ شرح مسلم 208-4
އިމާމް ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުންވެ އެވެ. ނިތްކުރިއާއި ނޭފަތް – މިއީ އެއް ގުނަވަނެވެ.- އަދި ދެއަތްތިލަ އާއި ދެ ކަކޫމައްޗަށް އަދި ދެ ފައިގެ އިނިގިލިތަކުގެ މައްޗަށެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ – وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ
رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަ ކުރައްވަން ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެ އެވެ. އެއީ ނިތްކުރި، (އަދި ނަބިއްޔާ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރާތް ކުރެއްވި އެވެ.) އަދި ދެ އަތާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކެވެ.“
ޝަރުޢުވެގެންވާ ގޮތަކީ މި އެވެ. އެންމެހައި ފިރިހެނުންނަށާއި އަދި އަންހެނުންނަށް ވާޖިބުވެގެންވަނީ މިފަދައިންނެވެ. މި 7 ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމެވެ.“ مجموع فتاوى ابن باز-11/32
އިމާމް ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ކޮންމެހެންވެސް 7 ގުނަވަނުގެ މައްޗަށް ސަޖިދަ ކުރަންޖެހެ އެވެ. ނިތްކުރި، ނޭފަތް، ދެއަތްތިލަ، ދެ ކަކޫ އަދި ދެފައިތިލައިގެ އިނގިލިތަކުގެ މައްޗަށެވެ. އެއީ، ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވާ ފަދައިންނެވެ. أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ – وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ
رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަ ކުރައްވަން ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެ އެވެ. އެއީ ނިތްކުރި، (އަދި ނަބިއްޔާ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރާތް ކުރެއްވި އެވެ.) އަދި ދެ އަތާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކެވެ.“
ސަޖިދަކުރާ އެންމެހައި ޙާލަތެއްގައި މި 7 ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުންވެ އެވެ. އަހަރެމެން ސަޖިދައިގައި ތިބިހާ ހިނދެއްގައި މި 7 ގުނަވަނުގެ މަތީގައި ތިބެން ޖެހެ އެވެ. މިއިން ގުނަވަނެއްގެ އެއްވެސް މިންވަރެއް އުފުލުން ހުއްދައެއް ނުވާނެ އެވެ.“ مجموع فتاوى – 13/357، 358
އަދިވެސް ވިދާޅުވެފައިވެ އެވެ. ”ސަޖިދައިގައި އޮންނަ މީހާ މި 7 ގުނަވަނުގެ ތެރެއިން އެއްވެސް ގުނަވަނެއް އުފުލުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ ހަދީޘްކުރައްވާފައި ވުމުންނެވެ. أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الجَبْهَةِ – وَأَشَارَ بِيَدِهِ إِلَى أَنْفِهِ -، وَاليَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ
رَسُولُ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. ހަތް ގުނަވަނެއްގެ މަތީގައި ސަޖިދަ ކުރައްވަން ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެ އެވެ. އެއީ ނިތްކުރި، (އަދި ނަބިއްޔާ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރާތް ކުރެއްވި އެވެ.) އަދި ދެ އަތާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކެވެ.“
ފަހެ، އޭނާ ދެފައި ނުވަތަ އެއްފައި އުފުލާލީ އެވެ. ނުވަތަ ދެއަތް ނުވަތަ އެއް އަތް އުފުލީ އެވެ. ނުވަތަ އޭނާގެ ނިތްކުރި ނުވަތަ ނޭފަތް ނުވަތަ އެތަނުން އެއް ގުނަވަން އުފުލީ އެވެ. ފަހެ، ހަމަކަށަވަރުން އޭނާގެ ސަޖިދަ ބާޠިލްވީ އެވެ. ސަޖިދަ ކުރި ކަމުގައި ނުވާނެ އެވެ. އަދި އޭނާގެ ސަޖިދަ ބާޠިލްވެއްޖެހިނދު ހަމަކަށަވަރުން އޭނާގެ ނަމާދު ބާޠިލްވާނެ އެވެ.“ لقاءات الباب المفتوح للشيخ ابن العثيمين – 2/99
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.