|

އިސްކޮށް ޖަމްޢުކުރާ އިރުގައި ތަރާވީޙް ނަމާދު ކުރާނީ ކޮންވަގުތެއްގަ ތޯ؟

އިސްކޮށް ޖަމްޢުކުރާ އިރުގައި ތަރާވީޙް ނަމާދު ކުރާނީ ކޮންވަގުތެއްގަ ތޯ؟

އިސްކޮށް ޖަމްޢުކޮށްފައިވާ މީހާގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ދަތުރުވެރިއެއްގެ ގޮތުގައިވާ ފަރާތެއް، މަޣްރިބް ގަޑީގައި ޢިޝާނަމާދު ކޮށްފިނަމަ، އޭނާއަށް އެވަނީ ރޭ އަޅުކަމުގެ ވަޤުތު ވަދެފައެވެ.

އެ ތަނުގެ އަހުލުވެރިންނަށް އީޝާ ނަމާދު ވަޤުތު ނުވަނަސް އޭނާއަށް އެވަނީ ޢީޝާނަމާދުގެ ފަހުން ކުރެވޭ ހުރިހައި އަޅުކަން ކުރުމުގެ ވަޤުތު ވަދެފައެވެ. ވުމާއެކު ތަރާވީޙް ކުރުމާއި، ވިތުރި ކުރުމާއި މި އަޅުކަންތައް ކުރުމަށް އެފަދަ މީހަކަށް މަނާކަމެއް ނެތެވެ.

العلامة ابن باز -رحمه الله- ވިދާޅުވެފައިވެއެވެ. “ދަތުރުވެރިޔާ ނުވަތަ (ބަލިޙާލަތު މެދުވެރިވެ ނަމާދު ޖަމްޢުކުރާ މީހާ) މަޣްރިބް ވަޤުތުގައި މަޣްރިބްކޮށް އަދި ޢިޝާނަމާދު އިސްކޮށް ޖަމްޢުކޮށްފިހިނދު، އޭނާގެ (ހައްޤުގައި) އެހިނދު ވަނީ ވިތުރި ކުރާ ވަޤުތު ވަދެފައެވެ. އިޝާނާމދަށްފަހު އޭނާއަށް ވިތުރި ކުރާ ވަޤުތު ވަދެއްޖެއެވެ. އެއީ މަޣްރިބު ގަޑި އަދި ދެމިއޮތް ކަމުގައި ވީނަމަވެސް މެއެވެ. ފަހެ، އޭނާ މަޣްރިބް ގަޑީގައި ޢިޝާ ނަމާދު ކޮށްފިހިނދު، އޭނާއަކީ ދަތުރުވެރިއެއް ގޮތުގަވެ ނުވަތަ ބަލި މީހެއްގެ ގޮތުގައިވެ، ފަހެ އޭނާއަށް ވިތުރި ކުރެވޭނެއެވެ”. މިއީ މި މައްސަލައިގައި ابن العُثيمِين -رحمه الله- ވެސް ވިދާޅުވެފައިވާ ގޮތެވެ. މައްސަލަ ސާފު ވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.

Similar Posts

Leave a Reply